twitterviber whatsapp telegramfacebookyoutube instagram
7th January 2026

ނާޒިމަށް ކުޅުދުއްފުށިން ހޫނު މަރުހަބާއެއް

Jul 7, 2023

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ނާޒިމު މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގެންނެވިއިރު އެމަނިކުފާނަށް ތާއިދުކުރައްވާ ގިނަ އަދަދެއްގެ ސަޕޯޓަރުން އެއާޕޯޓް ސަރަހައްދުގައި ޖަމާވެފައި ތިއްބެވެ.

ނާޒިމު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ 8:45 ގައި ކުޅުދުއްފުށީ އެމްއެންޕީ ޖަހަގަގ ގައި އޮންނާނެ އެވެ. އެ ޖަލްސާގައި ބޮޑުތިލަދުންމަތީގެ ތަރައްގީގެ ޕްލޭންތަކާއި ނާޒިމްގެ ހާރިޖީ ސިޔާސަތާއި ދިޕާއީ ސިޔާސަތާއި ބެހޭގޮތުން ވާހަކަދައްކަވާނެ ކަމަށް އެމްއެންޕީން ބުންޏެވެ.

އެމްއެންޕީން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ އިރު، އެ ޕާޓީގެ ރިޔާސީ ޓިކެޓު ނާޒިމަށް ވަނީ އަރުވައިފައެވެ. ނާޒިމަށް ރިޔާސީ ޓިކެޓް އެރުވީ ޒުވާނަކާއި، އިސްރައްވެސަކާއި، ހާއްސައެހީއަށް ބޭނުންވާ މީހަކާއި، އަންހެނަކާއި، ބެލެނިވެރިއެއްގެ އިތުރުން އާއްމު ފަރުދެއްގެ އިހްސާސްތައް ވެސް ގެނެސްދިނުމަށް ފަހުއެވެ.

ނާޒިމްގެ ކެމްޕޭން ލޯންޗްކޮށް ކެމްޕޭންގެ ސްލޯގަން އަކީ "އުޖާލާ ޒަމާން" މިއެވެ. މި ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެމްއެންޕީގެ ވަރަށް ބޮޑު އެދުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355