twitterviber whatsapp telegramfacebookyoutube instagram
4th May 2024

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް އީފާސް ބޭނުމެއް ނުކުރެވޭނެ: އިލެކްޝަން

ނަބީލާ އިސްމާޢީލް
Jul 9, 2023

މި އަހަރު ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުން ތަކުގެ ތެރޭގައި އީފާސް ނުހިމެނޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) މިކަން ހާމަކޮށްފައިވަނި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިދިޔަ ހުކުރު ދުވަހު ނޫސްވެރިންނަށް ބޭއްވި "އިލެކްޝަން ރިޕޯޓިން ޓްރޭނިން" ގައި މައުލޫމާތު ދެއްވަމުން ނެވެ.

ރައީސުލްޖުމްހޫރިއްޔާ ހޮވަން ބާއްވާ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ، ދެވަނަ ބުރެއް ބާއްވަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

އީސީން ބުނީ މި އަހަރު ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަސްމީ ލިއުމެއްގެ ގޮތުގައި ބަލައިގަންނާނީ 4 ލިއުމެއް ކަމަށާއި އެ ލިއުން ތަކަކީ އައިޑީ ކާޑާއި ޕާސްޕޯޓާއި ލައިސަންސް ކާޑު އަދި ޕާސްޕޯޓު ކާޑު ކަމަށެވެ.

އެ ކޮމިޝަނުން ހާމަކުރިގޮތުގައި މި ރިޔާސީ އިންތިހާބުގެ ގާނޫނުގައި "އީފާސް" ބޭނުންކުރާގޮތަށް ހަމަޖެހިފައި ނުވި ނަމަވެސް ކުރިއަށް ހުރި އިންތިހާބުތަކުގައި އީފާސް ބޭނުންކުރުމާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ. އަދި މީގެ ތެރެއިން ވޯޓުލުމަށް ގެންނަ އެއްވެސް ޑޮކިއުމަންޓެއްގެ މުއްދަތު ހަމަވެފައި އޮވެގެން ނުވާނެ ކަމަށެވެ.

އެ ކޮމިޝަނުން މައުލޫމާތު ދެއްވި އޮފިސަލު ވިދާޅުވީ ސަރުކާރުގެ ގިނަ އިދާރާތަކުންނާއި ކުންފުނިތަކަށް ރަސްމީ ލިއުމެއްގެ ގޮތުގައި އީފާސް މިހާރު ބަލައިގަންނަ ކަމަށެވެ. ނަމަވެސް މި އަންނަ ރިޔާސީ އިންތިހާބުގައި އަދި އެ ގޮތައް ހަމަޖެހިފައި ނުވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355