twitterviber whatsapp telegramfacebookyoutube instagram
8th November 2026

މިސްކިތްތަކުގެ މަސައްކަތަށް ސިޓީ ކައުންސިލުން 5.1 މިލިއަން ރުފިޔާ ހަރަދުކުރި

އަބްދުލް ވާހިދު ޙަސަން
Jul 13, 2023
4

ސިޓީ ކައުންސިލުގެ ދެ އަހަރު އެންމެ ބޮޑު ހޭދައެއްކޮށްފައިވާނީ މިސްކިތްތަކުގެ މަރާމާތަށްކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ބެޓްމިންޓަން ކޯޓް މަރާމާތުކޮށް ނިންމާ އަލުން ހުޅުވުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މޭޔަރު އާތިފް ވިދާޅުވީ، މިދިޔަ އަހަރާއި މިއަހަރު މަރާމާތުގެ މަސައްކަތަށް ސިޓީ ކައުންސިލުން ބޮޑު ހޭދައެއްކޮށްފައިވާ ކަމަށެވެ.

މޭޔަރު ވިދާޅުވީ، ސިޓީ ކައުންސިލުން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ މިސްކިތްތަކުގެ މަރާމާތަށްކަމަށެވެ. އެގޮތުން މިއަހަރާއި މިދިޔަ އަހަރު މިސްކިތްތަކުގެ މަރާމާތަށާއި މަސައްކަތްތަކަށް ގާތްގަނޑަކަށް 5.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

ދެވަނައަށް އެންމެ ބޮޑު ހަރަދެއް ކުރީ ކުޅިވަރު ވަސީލަތްތައް ބޭނުންކުރެވޭ ހާލަތަށް ގެނައުމަށް ކަމަށާއި އެގޮތުން ފުޓްސަލް ދަނޑުގެ މަރާމާތާއި ރެސްޓްރޮމްގެ މަސައްކަތާއި ޔޫތް ސެންޓަރުގެ ބެޑްމިންޓަން ކޯޓްގެ މަރަމާތުގެ މަސައްކަތް ކަމަށެވެ. އެގޮތުން މަސައްކަތްތަކަށް 2.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ދާދި ފަހުން ސިޓީ ކައުންސިލުން ހަރަދުކޮށްގެން ކުޅުދުއްފުށީ ތިން މިސްކިތެއްގައި ސޯލާ ޕެނަލު ހަރުކޮށް ކަރަންޓް ބިލް ވަނީ ސުމަކަށް ބަދަލުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293