twitterviber whatsapp telegramfacebookyoutube instagram
3rd May 2024

83 ޓީމާއެކު 4 ސިޓީގައި ބާއްވާ އުރީދޫ މަސްރޭސް ފަށަން ތައްޔާރުވެއްޖެ

Jul 15, 2023

83 ޓީމާއެކު 4 ސިޓީގައި ބާއްވާ އުރީދޫ މަސްރޭސް ފަށަން ތައްޔާރު ވެއްޖެއެވެ.

އުރީދޫއިން ބުނީ ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2023 ގެ ރަޖިސްޓްރޭޝަން މަރުހަލާ ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ފަރާތުން ހީވެސް ނުކުރާ ވަރުގެ ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

އުރީދޫން ބުނީ، އެ ކުންފުންޏަށް 18 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރެއިން، މަސްރޭސް ބާއްވަނީ އެހެން އަހަރުތަކަށް ވުރެ ފޯރިގަދަކޮށް އަދި ކުލަ ގަދަކޮށް ކަމަށެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީހުތައް:

  • މާލެ: އޮގަސްޓު 4
  • ކުޅުދުއްފުށި: އޮގަސްޓު 11
  • އައްޑޫ: އޮގަސްޓު 18
  • ފުވައްމުލަކު: އޮގަސްޓު 25

އުރީދޫއިން ބުނީ މާލެއިން 34 ޓީމު ބައިވެރިވާއިރު ކުޅުދުއްފުށި ސިޓީން 23 ޓީމާއި އައްޑޫ ސިޓީގެ 13 ޓީމަކާއި ފުވައްމުލައް ސިޓީގެ 13 ޓީމު ބައިވެރިވާ ކަމަށެވެ. އަދި ކޮންމެ ޓީމެއްވެސް އެ ޓީމެއްގެ ސިޓީގައި ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާއިރު މުބާރާތުގެ ފޯރި އާއި ވާދަވެރިކަން އެހެން އަހަރުތަކަށް ވުރެ ވަރުގަދަވެގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ މަސް ރޭސް ރެކޯޑް މުގުރާލާ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަންބަލުން ޓީމުން މި އަހަރުވެސް ވާދަކުރާކަން އެކުންފުނިން ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ.

ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭއިން ކޮންމެ ސިޓީއަކުން ވަނަތައް ހޮވަން ވަނީ ނިންމާފައެވެ.

އެއްވަނަ ޓީމް: 25،000 ރުފިޔާ
ދެވަނަ ޓީމް: 10،000 ރުފިޔާ
ތިންވަނަ ޓީމް: 5000 ރުފިޔާ
އެންމެ މޮޅު ފިރިހެން ކެޔޮޅު: 1000 ރުފިޔާ
އެންމެ މޮޅު އަންހެން ކެޔޮޅު: 1000 ރުފިޔާ

އުރީދޫ މޯލްޑިވްސްއިން ވަނީ މަސްރޭސް 2023ށް ރަޖިސްޓްރީކުރި ހުރިހާ ޓީމަކަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. ލިބުނު ބޮޑު އެއްބާރުލުމަކީ މި ހަރަކާތުގެ ސަބަބުން މަސްވެރިކަމަށް ލޯބިކުރާ ފަރާތްތަކުގެ ތެރޭގައި އުފެދުނު އުފާވެރިކަމާއި ޝައުގުވެރިކަން ދައްކުވައިދޭ ކަމެއް ކަމަށް އުރީދޫއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355