twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ޚާއްސަ ޑިސްކައުންޓަކާއެކު އިންސްޓަ360 ކެމެރާ މޫލީ އަށް

ނަބީލާ އިސްމާޢީލް
Jul 17, 2023

ރާއްޖޭގައި އިންސްޓަ360 ކެމެރާ ގެ އޮތޮރައިޒްޑް ސެލާ އަދި ޑިސްޓްރިބިއުޓަރު ރަންފައުންއިން މޫލީގައި އޮންލައިން ސްޓޯއެއް ހުޅުވައިފިއެވެ.

މޫލީއިން ވިޔަފާރިއި ކުރައްވާ ކޮންމެ އޯޑަރެއް ރާއްޖޭގެ ކޮންމެ ހިސާބަކަށް މުޅިން ހިލޭ ޑެލިވަރ ކޮށްލަދޭނެއެވެ. ރާއްޖޭގައި އިންސްޓަ360 ގެ އޮތޮރައިޒްޑް ސެލާ އަދި ޑިސްޓްރިބިއުޓަރު ރަންފައުން، ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީއާ ގުޅިގެން ޕާޓްނާވެއްޖެއެވެ. މޫލީ ގައި އިންސަޓަ 360 ޑިވައިސްތަށް ލޯންޗު ކުރުމުގެ ގޮތުން މޫލީއިން ގަންނަ އިންސްޓަ360 ކެމެރާއާއި އެކްސެސަރީޒްތަކުން ކަސްޓަމަރުންނަށް %13 އާއި ހަމައަށް ޑިސްކއުންޓް ލިބޭ ހާއްސަ އޮފަރ އެއްވެސް ވަނީ ތައާރަފްކޮށްފައެވެ.

އިންސްޓަ 360 ޑިވައިސް އަކީ ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ދުނިޔެއަށް އިންގިލާބީ ބަދަލެއް ގެނެސްދީ، 360 ޑިގްރީގެ ހިތްގައިމު ކޮންޓެންޓް ފަސޭހަކަމާއެކު ކެޕްޗާ ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޑިވައިސްއެކެވެ. ޒަމާނީ ސިފަތަކާއި އާދަޔާ ހިލާފު ކޮލިޓީއާ އެކު މި ޑިވައިސް އަކީ މީހުންގެ ތަޖުރިބާތައް ތަފާތުގޮތަކަށް ޑޮކިއުމެންޓް ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޑިވައިސްއެކެވެ.

އިންސްޓަ 360 ޑިވައިސްގެ މައިގަނޑު ސިފަތައް:

- 360-ޑިގްރީ ކެޕްޗަ: އިންސްޓަ 360 ޑިވައިސްއަކީ ފޮޓޯ ނަގާ މާހައުލު 360 ޑިގްރީ ކޮށް ކެޕްޗަރ ކުރުމުގެ ތަޖުރިބާ ލިބިގެންދާ ޑިވައިސްއެކެވެ.

- ހައި-ރިޒޮލިއުޝަން އިމޭޖިން: މި ޑިވައިސްގެ އެޑްވާންސް އިމޭޖިން ޓެކްނޮލޮޖީއާ އެކު، މި ޑިވައިސް އިން ވަރަށް ސާފު އަދި ތަފްސީލީ ފޮޓޯތަކާއި ވީޑިއޯތައް ކަށަވަރުކޮށްދެ އެވެ.

- ކޮމްޕެކްޓް އެންޑް ޕޯޓަބަލް: ގިނައިން ދަތުރު ފަތުރުކުރާ ބޭފުޅުންނަށާއި އެޑްވެންޗަރުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ އިންސްޓަ 360 ޑިވައިސް އަކީ ކުޑަ، ލުއި އަދި ޖީބަށް ފަސޭހައިން ފިޓްވާ ޑިވައިސްއަކަށް ވުމުން މިއީ ދތުތުރު ފަތުރު ކުރާއިރު ވެސް ގެންދން ފުރިހަމަ ކެމެރާއެކެވެ.

- ޔޫޒަރ ފްރެންޑްލީ އިންޓަރފޭސް: ބޭނުންކުރަން ފަސޭހަވާނޭހެން ތަފާތު ގިނަ ފީޗަރސް ތައް އެކުލެވިގެންވާއިރު، މި ޑިވައިސް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ނެވިގޭޓްކޮށް، ތަފާތު ފީޗާތަކާއި ސެޓިންގްތަކުގައި ފޮޓޯ އަދި ވީޑިއޯ ކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ.

-ވާސަޓައިލް ޝޫޓިން މޯޑްސް: ޓައިމް ލެޕްސް އިން ފެށިގެން ސްލޯ މޯޝަން އާ ހަމައަށް އިންސްޓަ 360 ޑިވައިސްގައި ކޮންމެ ކްރިއޭޓިވް ބޭނުންތަކަކަށް ފެތޭ ގޮތަށް ތަފާތު ޝޫޓިން މޯޑްތައް ފޯރުކޮށްދީ، މި ޑިވައިސް ބޭނުންކުރާ މީހުންނަށް އެ މީހުންގެ އާޓިސްޓިކް ވިސްނުން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދެ އެވެ.

-ސީމްލެސް ކަނެކްޓިވިޓީ: ބޭނުންކުރާ ފަރާތްތަކަށް ފަސޭހައިން ސްމާޓްފޯނާއި ނުވަތަ އެހެނިހެން ޑިވައިސްތަކާ މި ޑިވައިސް ގުޅާލެވި، ވަގުތުން ޕްރިވިއުކޮށް، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކޮންޓެންޓް ފަސޭހައިން ޝެއާވެސް ކުރެވޭނެ އެވެ.

މޫލީގެ އެކްސްކްލޫސިވް ލޯންޗް އޮފާ އާއި އެކު އިންސްޓަ 360 ޑިވައިސްތަށް މި ހާރު މޫލީއިން ގަންނަށް ލިބެން ހުރީ މާލޭގެ މާކެޓްގައި އެންމެ ހެޔޮ އަގުގައެވެ. ހަމަ އެޔާ އެކު މޫލީ މެދުވެރިކޮށް އިންސްޓަ 360 ޑިވައިސް ބައްލަވައިގަންނަ ބޭފުޅުންނަށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

މި ހާއްސަ ޑިސްކައުންޓް އޮފަރ ގައި އިންސްޓަ 360 ޑިވައިސް އަދި އެސެސަރީޒް 16 އޯގަސްޓް 2023 ގެ ކުރިން https://mool.ee/ranfaun މެދުވެރިކޮށް ލިބިވަޑއިގަންނަވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355