twitterviber whatsapp telegramfacebookyoutube instagram
13th May 2026

ހަނިމާދޫގައި ޑްރައިވިންގް ޓްރެކެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Jul 17, 2023

ހދ ހަނިމާދޫގައި ޑްރައިވިންގ ޓްރެކެއް އެޅުމަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުގައި 4 ފުރޮޅުލީ އުޅަނދުފަހަރުގެ ލައިސެންސް ދޫކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޑްރައިވިންގް ޓްރެކް އެޅުމުގެ މަސައްކަތް މިއަދު ވަނީ "މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑް" އާއި ހަވާލު ކޮށްފައި ކަމަށެވެ.

ފިރާގު އިތުރަށް ވިދާޅުވީ މި މަސައްކަތް އެ ކުންފުންޔާ ހަވާލުކޮށްފައިވަނީ 25 ދުވަހުގެ ތެރޭގައި ނިންމާގޮތައް 248884 ރުފިޔާއަށް ކަމަށެވެ.

މި ޕްރޮޖެކްޓަށް ބޭނުންވާ ހިލަ، ހިލަވެލި އަދި ސިމެންތި ހަމަޖައްސައި ދީފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ފަރާތުންކަމަށާއި މި ޕްރޮޖެކްޓަށް އެމްޓީސީސީގެ ފަރާތުން ވެދީފައިވާ އެހީތެރިކަމަށް ހަނިމާދޫ ކައުންސިލްގެ ނަމުގައި ވަނީ ޝުކުރު ދަންނަވާފަ އެވެ.

ހަނިމާދޫ ކައުންސިލުން ވަނީ މިހާރު އަލަށް ސައިކަލް ލައިސަންސް ކާޑު ހަދަން ފަށާ، ކާޑު ހައްދައިދޭނެ އަގު ކަނޑައަޅާފަ އެވެ. މިދިޔަ ބުދަ ދުވަހު އޮތް، އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 99 ވަނަ ޖަލުސާގައި ނިންމާފައިވަނީ އަލަށް ކާޑު ހަދާ މީހުން އަތުން 300 ރުފިޔާގެ ފީއެއް ނަގާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355