twitterviber whatsapp telegramfacebookyoutube instagram
20th May 2024

ދިއްދޫ ބިން ހިއްކައި، އެއާޕޯޓަކާއި ޕިކްނިކް އައިލެންޑެއް ތަރައްގީކުރާނަން: ރައީސް

އަބްދުލް ވާހިދު ޙަސަން
Jul 21, 2023
1

ހއ. ދިއްދޫގެ ބިން ހިއްކައިގެން އެއާޕޯޓަކާއި ޕިކްނިކް އައިލެންޑެއް ހަދައިދޭނެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.

އަންނަ ރިޔާސީ އިންތިހާބަށް ކެމްޕޭންކުރަން ދިއްދޫގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ދިއްދޫ ރައްޔިތުން އެދުނު އެތައް ކަމެއް މިހާރު ފުއްދައި ދެވިފައިވާކަމަށާއި މިހާރު ރައްޔިތުން އެދޭ ޕިކްނިކު އައިލެންޑާއި އެއާޕޯޓު ގާއިމްކޮށްދެއްވާނެ ކަމަށެވެ.

ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހު ފަށާނެކަން ރައީސް އިއުލާންކޮށްދެއްވަމުން ވިދާޅުވީ، ބިން ހިއްކުން ނިމިގެންދާއިރު އެއާޕޯޓަކާއި ޕިކްނިކް އައިލެންޑްގެ ބިންވެސް ހިއްކިގެންދާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި 12 ރަށެއްގެ ބިން ހިއްކާ ނިމިފައިވާއިރު 13 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށެވެ.

ދިއްދޫގައި އެއާޕޯޓެއް ގާއިމުކުރުމުން އެ އަތޮޅަށް ދެ އެއާޕޯޓް ލިބިގެންދާނެ އެވެ. ދެން އެ އަތޮޅުގައި އެއާޕޯޓެއް އޮންނަނީ ހޯރަފުށީގައި އެވެ. ހޯރަފުށީގައި އެއާޕޯޓެއް އޮތް ނަމަވެސް ދިއްދޫއިން ފުރައިގެން އެރަށަށް ދިއުމަށް ގިނަ އިރު ނަގަ އެވެ.

އެކަމަކު ދިއްދޫއާ އެންމެ ކައިރީގައި އެއާޕޯޓެއް އޮންނަނީ ހދ. ހަނިމާދޫގަ އެވެ. ދިއްދޫއިން ހަނިމާދޫއަށް 15 މިނެޓުގެ ތެރޭގައި ދެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355