twitterviber whatsapp telegramfacebookyoutube instagram
4th June 2025
އެސްޓީއޯގެ ކާޑު ބަންދުކުރާ ކާރުހާނާ އެޅުމާ ގުޅޭ ގޮތުން ކުޅުދުއްފުށީ ކައުންސިލާ އެކު މަޝްވަރާ ކުރަނީ--ފޮޓޯ:އެސްޓީއޯ

ފުށް ފެކްޓްރީ މަޑުޖެހިފަ އޮތީ ސަރަހައްދީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ލަސްވާތީ

ނަބީލާ އިސްމާޢީލް
Jul 24, 2023
2

ކުޅުދުއްފުށީގައި އެސްޓީއޯއިން އަޅަން ނިންމި ފުށް ފެކްޓްރީ ނޭޅި ލަސްވަނީ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނުފެށި ލަސްވާތީ ކަމަށް އެސްޓީއޯއިން މައުލޫމާތު ދީފައިވާކަމަށް ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރުމުގައި މޭޔަރު ވިދާޅުވީ މިއަދު ފުށް ފެކްޓްރީއެއްގެ އަޕްޑޭޓެއް އޮޅުން ފިލުވާލުމަށް އެސްޓީއޯގެ އިސްވެރިންނާ ގުޅާލުމުން ލިބުނު މައުލޫމާތަކީ މިހާރު ފުށް ފެކްޓްރީ މަޑުޖެހިފަ އޮތް ސަބަބަކީ ސަރަހައްދީ ބަނދަރު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތަށް ކަމަށެވެ.

"އެމަސައްކަތް ކުރެވިގެން މެނުވީ ފުށް ފެކްޓްރީ ކުޅުދުއްފުށީގައި އެކަށީގެންވާ ގޮތަކަށް ކުރިއަށް ނުގެންދެވޭނެކަމަށް، އެއީ ބަލްކް ކާގޯ ގެންނާނީ ގެނެސް ބޮޑެތި ބޯޓުފަހަރު މަގަތު ފާލަމަށް ގާތްކުރެވެން ޖެހޭނެ، އެ އިންތިޒާމް ހަމަޖެހިފަނެތި ނުވަތަ އެ ޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ނުފެށި މި މަސައްކަތް ފެށުމުގެ ދަތިތަކެއް އުޅޭކަން، އެއީ މިހާރު އަޅުގަނޑަށް ލިބިފައިވާ މައުލޫމާތަކީ." މޭޔަރު ވިދާޅުވި އެވެ.

އެސްޓީއޯއިން ކުޅުދުއްފުށީގައި ފުށާއި ހަނޑުލުގެ ފެކްޓްރީ އަޅަން ނިންމާ އިއުލާންކުރީ 2022 ވަނަ އަހަރު އެވެ. އެތަނަށް ބޭނުންވާ ބިންވެސް ހަމަ އެއަހަރު ސިޓީ ކައުންސިލުން ހަމަޖެއްސި އެވެ. އަދި ފުށް ފެކްޓްރީ އެޅުމުގެ މަސައްކަތް ހަމަ އެއަހަރު ކުރާނެކަންވެސް ސަރުކާރުގެ ކުންފުނި އެސްޓީއޯއިން އިއުލާނުކުރެއްވި އެވެ. އެކަމަކު މިއަދާ ހަމައަށްވެސް އެކަމުގެ އަމަލީ މަސައްކަތް ނުފެށި އޮތުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.

ކުޅުދުއްފުށީ ރީޖަނަލް ޕޯޓު ރީޑިވެލޮޕްމެންޓް ޕްރޮޖެކްޓް ދެ ވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަވާލުކޮށްފައިވަނީ 27 ޖެނުއަރީ 2022 ވަނަ އަހަރު އެވެ.

އެސްޓީއޯއިން ގޮދަން ފުށް ފެކްޓްރީ އަޅަން ފެށުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވަނިކޮށް އެ މަސައްކަތް ރައީސް އޮފީހުން ހުއްޓުވީ ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފާއި ކުޅުދުއްފުށީ މޭޔަރު ތާއިދުކުރެއްވުމުންނެވެ.

މީގެ ކުރިން ކޭއޯއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްޕީ ޔާސިރު ވިދާޅުވެފައިވަނީ، ފުށް ފެކްޓްރީ، އަދި ހަނޑޫ ގުދަނުގެ އަމަލީ މަސައްކަތް ލަސްވަނީ ރައީސް އޮފީހުން ވަކި ގޮތެއް ނުނިމިގެންކަމަށް އެނގިފައިވާކަމަށެވެ.

އަތޮޅުތެރޭގެ އެއްރަށަކަށް އެންމެ ގިނައިން ކާޑު ގެންނަނީ ކުޅުދުއްފުއްޓަށެވެ. އެކަން އެސްޓީއޯގެ ތަފާސް ހިސާބުތަކުންވެސް އެނގެ އެވެ.

ނަން
ކޮމެންޓް
ފުޅު
އެންމެ ފަހު ޖުމްލަޔަށް އަތޮޅު ތެރޭ ހަމަ އެކަނި ނަރުދަމާ އަށް މަހުފީ ނަގާ ސިޓީ ސަބަބަު ރޭ ލެއް ގިނަ ވީމަ މާލެ ފިޔަވާ އެންމެ ގިނަ މީހުން ވަޅުލާ ސިޓީ މާލެ ފިޔަވާ އެންމެ ގިނަ ކުދިން ސްކޫލަށް ކިޔަވަންދާ ރަށް ސަބަަބު ރަށުގައި ދިރިއުޅޭ އަދަދު މަތިވުން
ފުށްގޯނި
ފުށް ފެކްޓަރީއެއް މިރަށުގައި އަޅާކަށް މަށެއް ބޭނުމެއްނޫން. ފެކްޓަރީ އަޅަންވީ މާލޭގައި. ކާޑުގެ ބާވަތްތަކަކީ ސަރުކާރުން ސަބްސިޑީދީގެން ވަރަށްބޮޑަށް އަގުހެޔޮކޮށްފައިވާ އެއްޗަކަށްވާއިރު ފެކްޓަރީއެއް އެޅިޔަސް ނޭޅިޔަސް ސަރުކާރުން ކަނޑައަޅާ ކޮންޓްރޯލް އަގެއްގައި ރައްޔިތުންނަށް އެލިބޭނެ. ފަހަރެއްގައި ކިލޯއަކު ބައިރުފިޔާ އަގު ހެޔޮނުވާނެއެކޭ ނޫން މިބުނީ. މިޔަށްވުރެ ރައްޔިތުންގެ ޖީބަށް ލުއިވާނެ މިރަށުގައި ނުވަތަ މިއަތޮޅުގައި ގޭހާއި ތެޔޮ ސްޓޯރޭޖެއް ޤާއިމުކޮށް ގޭސްފުޅި ރިފިލް ކުރެވޭނެގޮތް ހަދައިފިނަމަ ރައްޔިތުންގެ ޖީބަށް ލުއިވެ މިސަރަހައްދުގެ އިޤްތިޞާދަށް ހެޔޮ އަސަރުކުރާނެކަން ޔަޤީން. ސަރުކާރުން މިކަންކުރަން ނޫޅޭނަމަ އަތޮޅު ކައުންސިލާއި ސިޓީ ނުވަތަ ރަށު ކައުންސިލްތަކާއި ގުޅިގެން މިކަންކުރަން އުޅުން މުހިންމުކަމަށްދެކެން. މިއީ އަހަރެން އަޑުއަހަން ބޭނުންވާފަދަ ރިޔާސީ ވައުދަކީ. ރައްޔިތުން ގޮވަންވީ މަގޭރަށުގައި އެއަރޕޯޓާއި ފެކްޓަރީއެކޭނޫން. ކޮބާހޭ މިސަރަހައްދުގެ ޓްރާންސިޕްމެންޓް ބަނދަރު، ކޮބާހޭ އިންޓަރނޭޝަނަލް އެއަރޕޯޓް، ކޮބާހޭ މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލް، ކޮބާހޭ އިންޓަރނޭޝަނަލް ޔުނިވަރސިޓީތަކާއި ސްކޫލްތައް. މަގޭރަށޭ ނުކިޔާ މަގޭ ސަރަޙައްދު (ބޮޑުތިލަދުންމަތީގެ 50000 ގެ އާބާދީގެ) ތަރައްޤީއަށް ވިސްނަމާ. ބޮޑުތިލަދުންމަތި ފަޅުނުވަނީސް ފިޔަވަޅު އަޅަމާ.
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com