ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް މިނިވަން 58ގެ ނަމުގައި ހާއްސަ އޮފާއެއް ތައާރަފުކޮށްފިއެވެ.
އުރީދޫއިން ބުނީ، މިނިވަން 58 ޕެކް ތައާރަފު ކުރަނީ ޕްރިޕެއިޑް އާއި ޕޯސްޓަޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް، މިނިވަން ދުވަހާއި ކުރިއަށް އޮތް ޗުއްޓީ ތެރޭގައި އާއިލާ އާއި އެކުވެރިންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ކަމަށެވެ.
އުރީދޫއިން ތައާރަފުކޮށްފައިވާ މިނިވަން 58 ޕެކް މެދުވެރިކޮށް މުޅި ދުވަހަށް 58 ޖީބީ ޑޭޓާ ލިބޭނެއެވެ. ފަންސާސް ރުފިޔާއަށް ލިބޭ މި ޕެކޭޖް އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެއެވެ.
މީގެ އިތުރުން، #1*929* އަށް ގުޅައިގެން ނުވަތަ D50 ޖެހުމަށް ފަހު، 5555 އަށް އެސްއެމްއެސް ކުރުމުން ވެސް ވަގުތުން އެކްޓިވޭޓް ކުރެވޭނެއެވެ. އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް http://ore.do/app މެދުވެރިކޮށް އުރީދޫ އެޕް ޑައުންލޯޑް ކުރައްވާށެވެ.
އެ ޕްރޮމޯޝަނާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ، ހުރިހާ ދިވެހިންނަށް ފޮނުއްވާފައެވެ.
"މި ޚާއްޞަ އޮފާއަކީ މި އުފާވެރި މުނާސަބަތުގައި އަޅުގަނޑުމެންގެ ލޮބުވެތި ކަސްޓަމަރުންނަށް މި ޗުއްޓީ ތެރޭގައި އާއިލާ އާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށްލާ ޗުއްޓީގެ އުފާވެރިކަން އިންޓަނެޓް މެދުވެރިކޮށް ފަސޭހަކަމާއެކު ހޯދައިދިނުމުގެ ގޮތުން ތައާރަފު ކުރެވުނު ޚާއްޞަ އޮފާ އެއް. މި އޮފާ އަކީ ހުރިހާ ބޭފުޅުންނަށްވެސް ކަމުދާނެ އޮފާ އެއްކަމަށް އުއްމީދުކުރަން،" ނިޔާޒް ވިދާޅުވެއެވެ.
އުރީދޫ ޕްރީޕެއިޑް އާއި ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭ މި އޮފާ މާދަމާއިން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ނެގޭނެއެވެ.