twitterviber whatsapp telegramfacebookyoutube instagram
20th May 2024

ފާޑުކިޔަންވީ، ފޮތިވެސް ދަމަންވީ، އެކަމަކު ބޭނުންކުރަންވީ ރީތި ބަހުރުވަ: ރައީސް

އަބްދުލް ވާހިދު ޙަސަން
Aug 1, 2023

ސަރުކާރަށް ފާޑުކިޔާ އެ ވާހަކަތައް ދައްކައި ފޮތިވެސް ދަމަންވީ ކަމަށާއި އެކަމަކު އެކަމުގައިވެސް ރީތި ބަހުރުވަ ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނަށް ށ ބިލެއްފައްސަށް ރައީސް ވަޑައިގެން ވާހަކަދައްކަވަމުން ވިދާޅުވީ، މިއަދު ނޫސްވެރިން ބޭނުންވާ ވާހަކައެއް ބޭނުން ގޮތަށް ދެއްކޭނެ ކަމަށެވެ.

"ޓީވީ ޗެނަލްތައް އެ ދައްކަމުންދާ ވާހަކަތައް އެ ދައްކަނީ ބޭނުންވާހަކައެއް ބޭނުން ގޮތަކަށް. އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތް." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެކަމަކު ކޮންމެވެސް ވަރަކަށް ބަހުރުވަ ބަދަލުކޮލަން ޖެހޭ ކަމަށާއި ސިޓިންގ ރޫމްގައި އާއިލާތަކާއެކީގައި ޓީވީ ބަލަން ތިބޭއިރުގައި އަޑުއަހަން ކަމުނުދާ ކަހަލަ ވާހަކަ ބައެއް ޗެނަލްތަކުން ދައްކާ ކަމަށެވެ.

"ވާހަކަ ދައްކަންވީ ފާޑުކިޔަންވީ އެހެންނަމަވެސް އޭގެ ރީތި ބަހުރުވަ ބޭނުންކުރުން އެއީ މުޖުތަމައުއަށް އެންމެ ރަނގަޅު ގޮތް.ފޮތިވެސް ދަމަންވީ މައްސަލައެއް ނެތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށްދާނީ މި މިނިވަންކަމާއެކީގަ." ވަކި ޗެނަލްތަކެއްގެ ނަން ހާމަނުކޮށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއްވެސް ނޫސްވެރިޔަކު ބަންދުކުރުމާއި އަދި ސިޔާސީ ކަމެއްގައި އެއްވެސް މީހަކު ޖަލަށްލާކަށް ބޭނުމެއް ނޫން ކަމަށެވެ. މީގެ ކުރީގެ ސަރުކާރުގައި ނޫސްވެރިން ފުލުހަށް ހާޒިރުކޮށް ޖަލަށް ގެންދިޔަ ކަމަށާއި އެހެންނަމަވެސް މިސަރުކާރުގައި އެއްވެސް ނޫސްވެރިޔަކަށް އެފަދަ ކަމެއް ކުރިމަތިވެފައިނޯނާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ކެމްޕެއިނަށް ބައެއް ރަށްރަށަށް ވަޑައިގަންވާއިރު އެމަނިކުފާނާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދަމާ ބެނާތަކުގައި އާންމު އިޖުތިމާއި ފެންވަރަށްވުރެ ދަށް ބަހުރުވަ ބޭނުންކޮށްފަ ހުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355