twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހަށް މެނޭޖަރަކު ހޯދަނީ

އަބްދުލް ވާހިދު ޙަސަން
Aug 2, 2023

ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަސް މެނޭޖަރުގެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފި އެވެ. އެމްއެންޔޫ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މެނޭޖަރަކަށް އަސާސީ މުސާރައިގެ ގޮތުގައި 17896 ލިބޭނެ ކަމަށެވެ.

އެންމެފަހުން އެ ކެމްޕަހުގެ މެނޭޖަރަކަށް ހުންނެވީ ޑރ މުހައްމަދު އުމަރެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ވަޒީފާގެ އޮނިގަނޑަށް އައި ބަދަލަކާ ގުޅިގެންނެވެ. ޑރ މުހައްމަދު އުމަރު މިހާރު ހުންނެވީ އެ ކެމްޕަހުގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރަކަށެވެ

އަސާސީ މުސާރައިގެ އިތުރުން އެލަވަންސްގެ ގޮތުގައި 8351 ރުފިޔާ އާއި ހަޒިރީ އިނާޔަތުގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 226 ރުފިޔާ ލިބޭނެ އެވެ.

މީގެ އިތުރުން ލިބޭ އިނާޔާތްތައް:

- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް، އަހަރަކަށް 250،000 ރުފިޔާ އާހަމައަށް

(ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)

- ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި

ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)

- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

- ސްޓާރފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް

- ސްޓާފް ޖިމް ފެސިލިޓީ

- ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް

ލައިބްރަރީ މެމްބަޝިޕް

މިމަގާމުގެ ޝަރުތަކީ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ.

އެމްއެންޔޫ އިން ބުނީ، މި ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ، މަގާމަށް ޝަރުތުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެ ކަމަށެވެ.

އަދި އެސެސްމެންޓްއަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކުގެ ތެރެއިން އެސެސްމަންޓް އިން އެންމެ މަތިން ޕޮއިންޓު ލިބޭ 5 ފަރާތް އިންޓަވިއުއަށް ޝޯޓްލިސްޓުކުރެވޭނެކަމަށެވެ.

އެހެންވުމުން މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން 08 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފޯމު ހުށަހަޅަން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355