twitterviber whatsapp telegramfacebookyoutube instagram
4th May 2024

އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި

Aug 6, 2023

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފިއެވެ. އިލްޔާސްގެ ރަނިންމޭޓަކަށް އައްޔަން ކޮށްފައިވަނީ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.

ދަރުބާރުގޭގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ އަތްޕުޅަށް އެރުވީ އިލްޔާސް ލަބީބު އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އިލްޔާސް ލަބީބު ހަމަޖެއްސުމަށް އެ ޕާޓީގެ އާންމު މެންބަރުން ރުހުން ދިނީ މިދިޔަ މަހުގެ 28 ވަނަ މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ އެ ޕާޓީގެ ޕްރައިމަރީގަ އެވެ.

އެ ޕްރައިމަރީގައި 3،208 މީހުން ވޯޓުލާފައިވެ އެވެ. މީގެތެރެއިން 3،041 މީހުން ވަނީ ޑިމޮކްރެޓުންގެ ރިޔާސީ ޓިކެޓް އިލްޔާސްއަށް ދިނުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ. އިލްޔާސް އަށް ޓިކެޓް ދޭން ނުފެންނަ ކަމަށް 153 މީހަކު ވޯޓު ދީފައިވާއިރު 9 ވޯޓް ވަނީ ބާތިލްވެފަ އެވެ.

ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ރައީސް މުޙައްމަދު ނަޝީދަށް ނާކާމިޔާބު ވުމާއެކު އުފެއްދި ޕާޓީއެކެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ގިނަ ކެންޑިޑޭޓުން އަންނަނީ ފޯމް ހުށަހަޅުއްވަމުންނެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފައިވާއިރު އިންތިޚާބު ބޮއިކޮޓް ކުރެއްވުމަށް ރައީސް ޔާމީން ވަނީ އަންގަވައިފައެވެ. އެއާއެކު އެޕާޓީގެ ސެނެޓް ވަނީ ހޫނުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355