twitterviber whatsapp telegramfacebookyoutube instagram
9th May 2024

މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި

Sep 30, 2023

ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ރައީސް ކަމުގެ މަގާމު، މާލޭގެ މޭޔަރު އަދި ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހަންމަދު މުއިއްޒު މިއަދު ކާމިޔާބު ކުރައްވައިފި ކަމަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

މިއަދު ބޭއްވި އިންތިހާބުގެ ދެވަނަ ބުރުގައި 282،804 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެއެވެ. އޭގެ ތެރެއިން 86 އިންސައްތައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާން ނުކުމެފައެވެ.

ކުޅުދުއްފުށީގެ ފޮށިތަކުންވެސް ރައީސް ސޯލިހުގެ މައްޗަށް ޑރ މުއިއްޒު ވަނީ ކުރި ހޯދަވާފަ އެވެ.


މުޅި ރާއްޖޭގައި ބަހައްޓާފައިވާ 586 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް ގުނި 540 ފޮށިން އެ މަނިކުފާނު ވަނީ 114740 ވޯޓު ހޯއްދަވައިފަ އެވެ. މުއިއްޒާ ވާދަކުރެއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ލިބިވަޑައިގަތީ 97770 ވޯޓެވެ.

މި މަހު 9ގައި ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާއަށް ފުރަތަމަ ބުރުގައި 110،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. އަދި، އޭގެ ފަހުން ދެވަނަ ބުރުގައި އެމްއެންޕީންނާއި ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވި އެމްޑީއޭއިން ވެސް ވަނީ މުއިއްޒަށް ތާއީދު ކުރަން ނިންމައިފައެވެ.

މި ނިސްބަތުން ބަލާ ނަމަ، އަދި ވޯޓު ފޮށިތަކުގެ ނަތީޖާތަކުން ދައްކާ ގޮތުން މުއިއްޒުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރި ހޯއްދެވުމަކީ ނާދިރު ކަމެކެވެ. ސަބަބަކީ ނުގުނައި ހުރި ވޯޓުގެ 50 ޕަސެންޓް ރައީސް ހޯއްދަވަން ޖެހިވަޑައިގަންނަވާނެތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355