twitterviber whatsapp telegramfacebookyoutube instagram
14th December 2025

ވޯޓްފޮށިތައް ގުނަން ފަށައިފި

Sep 30, 2023

ކުޅުދުއްފުށީގައި ބެހެއްޓި ވޯޓްފޮށިތައް ގުންނަން ފަށައިފި އެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށީ 8:00 ޖެއިރު އެވެ. ފަހެއް ޖަހަންދެން ވޯޓްލުން ކުރިއަށްދިޔަ އެވެ.

ކުޅުދުއްފުށީގައި މިބުރުވެސް 9 ވޯޓްފޮއްޓެއް ބެހެއްޓިފައިވާއިރު އެއްފޮށި ހާއްސަކޮށްފައިވަނީ ރަށުން ބޭރު މީހުންނަށެވެ. މިފަހަރު ކުޅުދުއްފުށީގައި ވޯޓްލުމުގެ ޝަރުތުހަމަވާ 6037 މީހުން އެބަތިއްބެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ހެދުނު 8:00 އިން ފެށިގެން ހަވީރު 4:00 ހަމަޔަށް 221،496 މީހުން ވަނީ ވޯޓުލާފަ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 78.32 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ޖުމްލަ 225,484 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ އާބާދީގެ 80 ޕަސެންޓު މީހުންނެވެ. މި ބުރުގައި 282،803 ވޯޓު ލުމުގެ ހައްގު ލިބެ އެވެ. އެއީ 138394 އަންހެނުން، އަދި 144410 ފިރިހެނުނެވެ. ފުރަތަމަ ބުރަށް ވުރެ ދެ ވަނަ ބުރުގައި އިތުރުވީ 408 މީހުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355