twitterviber whatsapp telegramfacebookyoutube instagram
27th April 2024

މަރިޔަމް އުޅުއްވީ ކަނޑުގެ ލޮނުގަނޑަށް ހަކުރު ސަމުސަލެއް އަޅާ ފޮނިކުރަން: ނޮޅިވަރަމް ކައުންސިލް

ނަބީލާ އިސްމާޢީލް
Aug 8, 2023
1

ހދ ނޮޅިވަރަމް އެމްޑީޕީ ޖަގަހައިގައި ހޯމަ ދުވަހު ބޭއްވި ޖަލްސާގައި އެރަށު ސިއްހީ މަރުކަޒުގެ އެގްޒެކެޓިވް ޑިރެކްޓަރު މަރްޔަމް ހަބީބް ކައުންސިލަށް ނިސްބަތްކޮށް ދެއްކި ވާހަކަތައް އެ ކައުންސިލުން ދޮގުކޮށް ބަޔާން ނެރެފި އެވެ. މި ޖަލްސާގައި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދުގެ އިތުރުން މިސަރަހައްދަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ޖަލްސާގައި މަރްޔަމް ހަބީބް ވިދާޅުވެފައިވަނީ އެރަށު ފުޓް ބޯޅަ ދަނޑު ނުހެދި ލަސްވީ ކައުންސިލުން އެކަން ފަހިކޮށްދީފައި ނުވާތީކަމަށެވެ.

"2021 ވަނަ އަހަރު ޑިސެމްބަރު މަހުގައި ހުޅުވަންވެގެން އެ ޓާފް ދަނޑު ހުޅުވުމުގެ މަސައްކަތް މިނިސްޓަރ މަހުލޫފު ސީދާ އަޅުގަނޑާ ކޮންޓެކްޓްކޮށް، ކައުންސިލާ ކޮންޓެކްޓްކޮށް އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދަން ބޭނުންވި. އަޅުގަނޑު އެތައް ދުވަހަކު އަމިއްލައަށް އަޅުގަނޑު ދިޔައިން ކައުންސިލަށް، ގޮސް ކައުންސިލާ ވާހަކަ ދެއްކިން، އެތަނުގައި މަސައްކަތް ކުރެވޭނެ ގޮތް ފަހިކޮށްދިނުމަށް. އެކަމަކު އަޅުގަނޑުމެނަށް އެކަން ފަހިވެގެނެ ނުދިޔަ، އެއީ އަޅުގަނޑުމެންނަށް އެ ދަނޑު ލަސްވެގެން ދިޔަ ސަބަބު." ޖަލްސާގައި ވާހަކަ ދައްކަމުން މަރިޔަމް ހަބީބް ވިދާޅުވި އެވެ.

މަރިޔަމް ހަބީބްގެ މި ވާހަކަތައް ދޮގުކޮށް ނޮޅިވަރަމް ކައުންސިލުގެ 4 މެމްބަރަކު ސޮއިކޮށް މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ރަށުގައި ހިނގަމުންދާ ނުވަތަ ހުއްޓިފައިވާ އެއްވެސް ޕްރޮޖެކްޓަކާ ބެހޭގޮތުން އެއްވެސް ވާހަކައެއް ކައުންސިލާ ހިއްސާކޮށްފައި ނުވާކަމަށެވެ. އަދި މަރިޔަމް ހަބީބްގެ އެ ވާހަކަ ތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ނޮޅިވަރަމް ކައުންސިލުން މަރިޔަމް ހަބީބުގެ އެ ވާހަކަތައް ސިފަ ކުރެއްވީ ސިޔާސީ ބޭނުމަށް ސަރުކާރު ޕްރޮމޯޓްކޮށް ދިފާއުކުރުމަށްޓަކައި ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް ހަކުރު ސަމުސަލެއް އަޅާ ކަނޑުގެ ލޮނުގަނޑު ފޮނިކުރަން އުޅުން ފަދަ ކަމެއްގެ ގޮތުގަ އެވެ.

ކައުންސިލުން ބުނީ ޓާފް ދަނޑުގެ މަސައްކަތުގައި މިނިސްޓަރު މަހުލޫފް ބައްދަލުކުރަން އެދިލެއްވި ދެ ފަހަރުވެސް ވާނީ މިނިސްޓަރާ ބައްދަލުކޮށްފައިކަމަށެވެ. މީގެ އިތުރުން ސްޓޭޓް މިނިސްޓަރާ ބައްދަލުކުރެވުނު ފަހަރެއްގައިވެސް ދަނޑު ނުނިމިލަސްވާތީ ކަންބޮޑުވުންފާޅުކޮށް ދަނޑު އަވަހަށް ނިމުމަށް މަޝްވަރާކޮށްފައިވާކަމަށެވެ.

އަދި މިނިސްޓްރީގެ ފަރާތުން އެދުނު ކޮންމެ ކަމަކަށް ގާނޫނާ ގަވައިދުގެ ތެރެއިން އެއްބާރުލުން ދީފައިވާނެ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355