twitterviber whatsapp telegramfacebookyoutube instagram
14th October 2025

ދިއްދޫގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ

ނަބީލާ އިސްމާޢީލް
Aug 10, 2023
1

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީން) ހއ ދިއްްދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތް ދޭން ތައްޔާރުވެއްޖެއެވެ.

ދިއްދޫގައި ބަހުގެ ހިދުމަށް ދިނުމަށް ތައްޔާރުވެ އެމްޓީސީސީން ވަނީ އެ ހިދުމަށް ފަށަންބޭނުންވާ މުވައްޒަފުން ނަގަން އިއުލާނުކޮށްފަ އެވެ. އެގޮތުން 6 ބަސް ޑްރައިވަރުންނާއި 2 މޭކޭނިކުން ހޯދުމަށް މިހާރު ވަނީ އިއުލާން ކޮށްފައެވެ.

ކޮންޓްރެކްޓް އުސޫލުން 1 އަހަރުދުވަހުގެ މުއްދަތައް ނަގާ މި މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހުގައި ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

މެކޭނިކުންނަށް 14،000ރ. ގެ އުޖޫރައެއް ލިބޭއިރު ބަސް ޑްރައިވަރުންނަށް 12،000ރ. ގެ އުޖޫރައެއް ލިބޭނެއެވެ. މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އިތުރު އިނާޔަތްތައް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިއްދޫގައި މި ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ ކޭއޯއަށް ޔަގީންކޮށްދީފަ އެވެ. ނަމަވެސް ފަށާ ވަކި ތާރީހެއް އަދި ޔަގީން ނުވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިއީ މާލެ ސިޓީ އާއި އައްޑޫ، ފުވައްމުލަކުގެ އިތުރުން އާރުޓީއެލްގެ ބަހުގެ ހިދުމަތް ދޭން ފަށާނެ ފުރަތަމަ ރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355