twitterviber whatsapp telegramfacebookyoutube instagram
8th November 2026

20 ޓީމަކާއެކު އުރީދޫ މަސްރޭސް މާދަމާ ކުޅުދުއްފުށީގައި ފަށަނީ

އަބްދުލް ވާހިދު ޙަސަން
Aug 10, 2023

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ހަތަރު ސިޓީއެއްގައި ބާއްވާ މަސްރޭސް މާދަމާ ކުޅުދުއްފުށީގައި ފަށަން ތައްޔާރުވެއްޖެ އެވެ.

އުރީދޫއަށް 18 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރެއިން، މަސްރޭސް ބާއްވަނީ އެހެން އަހަރުތަކަށް ވުރެ ފޯރިގަދަކޮށް އަދި ކުލަގަދަކޮށްނެވެ.

ކުޅުދުއްފުށީގައި ބާއްވާ މަސްރޭހުގައި ޖުމްލަ 20 ޓީމަކުން ބައިވެރިވެ އެވެ. ޓީމުތަކަކީ، ބައިނުބަ، ބުޅިކެނޑި، ދަމާނަގާ، އެއްލީ ގަތީ، އެކި ދިހައެއް، ކަނޑު ކޮޅާ، ކޭސީޕީ، ކިނދު، ކުރިނބިއަންސް، ލައްޓި، މަހަށް މަރެއް، ރަތް ގިއުޅު، ޝަރަފް، ކެޗް 12، ޓީމް 1515، ޓީމު ޗޮއިސް އެންޑް ޕްލަސް އެވެ.

އަދި މީގެ އިތުރުން ޓީމް ފިލައްދޫ، ޓީމް ފުލެމިންގޯ، ޓީމް ކޮރަކަލި އަދި ވައިކަރަދޫ ސްޕޯޓްސް ފިޝިންގ ހިމެނެ އެވެ.

ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި އޮންނަ މި މުބާރާތުގައި ޓީމުތައް މަހަށް ފުރަން ޖެހޭނީ 14:30 ގައި އެވެ. އަދި މަސްބާނައިގެ 21:00 ކުރިން ބަނދަރަށް ވަންނަ ޖެހެ އެވެ.

މުބާރާތް ކުރިއަށްދާ ވަގުތުގައި މިސްގާލް ބޮޑުބެރު ގުރޫފްގެ ހުށަހެޅުންތައް ފެނިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293