twitterviber whatsapp telegramfacebookyoutube instagram
16th October 2025

މަދަނީ ޖަމިއްޔާތަކަށް މާލީ އެހީ ދޭނަން: ރައީސް

ނަބީލާ އިސްމާޢީލް
Aug 10, 2023

މަދަނީ ޖަމިއްޔާތައް ބާރުވެރި ކުރުވައި އެ ޖަމިއްޔާތަކަށް މާލީ އެހީ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ގއ. އަތޮޅުގައި ރައީސް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި ގއ. ނިލަންދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޖުތަމައު ބާރުވެރި ކުރުވުމުގައި ވަރަށް ގިނަ ބައެއްގެ ހިއްސާ އޮތްކަމަށާއި ވަކިން ހާއްސަކޮށް އަމިއްލަ ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ ދައުރު ވަރަށް ބޮޑަށް ފުޅާ ކުރަން ޖެހޭ ކަމަށެވެ.

ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ހެދި އުފާވެރި ދިރިއުޅުމުގެ ސިޔާސަތުގެ ތެރެއިން ކުރަން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި މަދަނީ ޖަމިއްޔާތައް ބާރުވެރިކޮށް އެ ފަރާތްތަކަށް މާލީ އެހީ ދިނުން ހިމެނޭ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އުފާވެރި ދިރިއުޅުމުގެ ސިޔާސަތުގެ ތެރެއިން ކުރަން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި މަދަނީ ޖަމިއްޔާތައް ބާރުވެރިކޮށް އެ ފަރާތްތަކަށް މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދިނުން ހިމަނާފައި ވާނެ،" ރައީސް ވިދާޅުވިއެވެ.

ބޭނުންފުޅު ވަނީ މަދަނީ ޖަމިއްޔާތައް ހަރަކާތްތެރިވުމާ އެކު، އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކޮށް ދިނުމަށާއި ފެހިކަން ބޮޑު ހިޔާ ލިބޭ ސަރަހައްދުތަކަށް އެކި އުމުރުފުރާގެ މީހުން އައިސް ހިތްފަސޭހަ ޖައްވެއްގައި އުފަލުގައި އުޅުމަކީ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355