twitterviber whatsapp telegramfacebookyoutube instagram
7th June 2026

އުރީދޫ މަސްރޭހަށް ކުޅުދުއްފުށިން ދޯނިތައް ފުރައިފި، ނިންމުން ބޮޑުބެރާއެކު މިރޭ

އަބްދުލް ވާހިދު ޙަސަން
Aug 11, 2023

އުރީދޫ މަސްރޭސް 20 ޓީމަކާއެކު ކުޅުދުއްފުށީގައި ފެށިއްޖެ އެވެ. ރާއްޖޭގެ ހަތަރު ސިޓީގައި ބާއްވާ މި ފޯރިގަދަ މަސްރޭސް ކުޅުދުއްފުށީގައި ފެށުނީ މިއަދު މެންދުރުފަހު 14:30 ގަ އެވެ.

ބޮޑު މުހައްމަދު ބަނދަރު ސަރަހައްދުގައި ކުރިއަށްދާ މި މަސްރޭހަށް ދޯނިތައް ފުރީ މެންދުރުފަހު 14:30 ގަ އެވެ. މިރޭ 21:00 ކުރިން ދޯނިތައް އަނބުރާ ބަނދަރަށް ވަންނަ ޖެހޭނެ އެވެ.

އުރީދޫއަށް 18 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރެއިން، މަސްރޭސް ބާއްވަނީ އެހެން އަހަރުތަކަށް ވުރެ ފޯރިގަދަކޮށް އަދި ކުލަގަދަކޮށްނެވެ.

މަސްކިރުމާއި އިނާމުދިނުމުގެ ހަރަކާތް މިރޭ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ކުރިއަށްދާއިރު މިސްގާލު ބޮޑުބެރު ގުރޫޕްގެ ހުށަހެޅުންތައް ކުރިއަށްދާނެކަމަށް އުރީދޫ މައުލޫމާތުދެ އެވެ.

ކުޅުދުއްފުށީގައި ބާއްވާ މަސްރޭހުގައި ޖުމްލަ 20 ޓީމަކުން ބައިވެރިވެ އެވެ. ޓީމުތަކަކީ، ބައިނުބަ، ބުޅިކެނޑި، ދަމާނަގާ، އެއްލީ ގަތީ، އެކި ދިހައެއް، ކަނޑު ކޮޅާ، ކޭސީޕީ، ކިނދު، ކުރިނބިއަންސް، ލައްޓި، މަހަށް މަރެއް، ރަތް ގިއުޅު، ޝަރަފް، ކެޗް 12، ޓީމް 1515، ޓީމު ޗޮއިސް އެންޑް ޕްލަސް އެވެ.

އަދި މީގެ އިތުރުން ޓީމް ފިލައްދޫ، ޓީމް ފުލެމިންގޯ، ޓީމް ކޮރަކަލި އަދި ވައިކަރަދޫ ސްޕޯޓްސް ފިޝިންގ ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355