twitterviber whatsapp telegramfacebookyoutube instagram
4th May 2024

ކުޅުދުއްފުށީގައި ބޭއްވި އުރީދޫ މަސްރޭސް ރެކޯޑް އަދަދެއްގެ ޕޮއިންޓާއެކު ޓީމު ބުޅިކެނޑި ކާމިޔާބުކޮށްފި

އަބްދުލް ވާހިދު ޙަސަން
Aug 12, 2023

ރެކޯޑް އަދަދެއްގެ ޕޮއިންޓާއެކު ޓީމު ބުޅިކެނޑި އުރީދު މަސްރޭސް ކުޅުދުއްފުށިން ކާމިޔާބުކޮށްފި އެވެ. ޓީމް ބުޅިކެނޑި ވަނީ 1214.25 ކިލޯގެ މަސްބާނާފަ އެވެ. މިއީ އުރީދޫ މަސްރޭހުގެ ތާރީހުގައިވެސް އެންމެ ގިނަ މަސްބޭނި އަދަދެވެ.

21 ޓީމު ބައިވެރިވި މި މަސްރޭހުގައި ގިނަ އަދަދަކަށް ހިބަރުވެސް ބޭނި އެވެ. މިއީވެސް އުރީދޫ މަސްރޭހުގެ ތާރީހުގައި އަލަށް ހިނގި ކަމެކެވެ. މީގެ ކުރިން އުރީދު މަސްރޭހުގައި ހިބަރު ބާނާފައެއް ނުވެ އެވެ.

އުރީދޫ މަސްރޭސް ނިންމުމުގެ ގޮތުން ރޭ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގެ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އުރީދޫގެ ސީއޯއޯ ނިޔާޒް އާއި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް އަދި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލްލަތީފެވެ.

މަސްރޭހުގެ ވަނަތައް

16 މަސް ބާނައިގެން އެންމެ މޮޅު ފިރިހެން ކެޔޮޅުގެ މަގާމު ޓީމު ލައްޓިގެ އާދަމް ހިލްމީ ހޯދިއިރު އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމު ހޯދީ ޓީމު ދަމާނަގާގެ ހަދީޖާ މުސާ އެވެ. އޭނާ ވަނީ ހަތަރު މަސް ބާނާފަ އެވެ.

އެންމެ ބަރުމަސް ބޭނީ ޓީމު ބުޅިކެނޑިގެ ހަސަން އަލީ އެވެ. އޭނާ ވަނީ 25.85 ކިލޯގެ ބޮޑު ހިބަރެއް ބާނާފަ އެވެ. 612.35 ކިލޯގެ މަސް ބާނައިގެން ތިންވަނަ ހޯދީ ޓީމު ކުރިނބިއަންސް އެވެ.



ދެވަނަ ހޯދީ ޓީމު ލައްޓި އެވެ. އެ ޓީމުން 659.05 ކިލޯގެ މަސް ބޭނި އެވެ. މުބާރާތުގެ އެއްވަނަ ހޯދި ޓީމަށް 25000 ރުފިޔާގެ ފައިސާ އިނާމެއް ލިބިފައިވާއިރު ދެވަނަ ޓީމަށް 10000 ރުފިޔާގެ ފައިސާ އިނާމެއް ލިބިފައިވެ އެވެ. އަދި ތިންވަނަ ޓީމަށް 5000 ރުފިޔާގެ ފައިސާ އިނާމު ލިބިފައިވާއިރު އެހެން މަގާމުތައް ހޯދި ފަރާތްތަކަށް 1000 ރުފިޔާގެ ފައިސާ އިނާމު ލިބުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355