twitterviber whatsapp telegramfacebookyoutube instagram
4th May 2024

ކުޅުދުއްފުށީ އެއާޕޯޓް އުތުރުން އޮންނަ ބިމުން ނަފާ ހޯދައިދޭނެކަމަށް މުއިއްޒު ވައުދުވެއްޖެ

ނަބީލާ އިސްމާޢީލް
Aug 12, 2023

ކުޅުދުއްފުށީ އެއާޕޯޓް އުތުރުން އޮންނަ ބިމަކީ ރައްޔިތުންނަށް ނަފާ ލިބޭނެ ބިމަކަށް ހަދައިދޭނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، އެއާޕޯޓް އުތުރުން އޮންނަ ބިމަކީ ރަށުގެ ރައްޔިތުންނަށް އިގުތިސޯދީ ނަފާ ލިބޭނެ ތަނަކަށް ހަދައިދޭނެ ކަމަށެވެ.

އެކަން ކުރާނީ ރައްޔިތުންގެ ލަފަޔާއި މަޝްވަރާއެކީ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަންކުރުން އެއީ ސިޔާސަތުކަމަށެވެ.

ދާދިފަހުން ރައްޔިތުންނާ ބައްދަލުކުރައްވާ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެފައިވަނީ، ކުޅުދުއްފުށީ އެއާޕޯޓް އުތުރުން އޮންނަ ބިން ސިޓީ ކައުންސިލަށް ބޭނުންކުރެވޭނެ ގޮތެއް ހޯދައިދިނުމަށް ތަކުރާރުކޮށް ސަރުކާރު އެދިފައިވީނަމަވެސް މިހާތަނަށް އައިރުވެސް އެކަމަށް އަލިމަގެއް ފެނިފައިނުވާކަމަށެވެ.

ގާތްގަނޑަށް 10 ހެކްޓަރު އެ ސަރަހައްދަށް ދެވެން އޮންނަނީ ރަންވޭ ހުރަސްކޮށްފަ އެވެ. އެހެންވުމުން އެ ސަރަހައްދަށް އާންމުންނަށް ނުދެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355