twitterviber whatsapp telegramfacebookyoutube instagram
22nd September 2026

އަފީފުއްދީން ސްކޫލަށް ޕްރިންސިޕަލަކު ހޯދަނީ

އަބްދުލް ވާހިދު ޙަސަން
Aug 14, 2023

ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާނުކޮށްފި އެވެ. އެ ސްކޫލަށް ޕްރިންސިޕަލަކު ހޯދަނީ ކުރިން އެ މަގާމުގައި ހުންނެވި ނާސިހާ އިދުރީސް ހުޅުމާލޭގެ ސޮލާހުއްދީން ސްކޫލަށް ބަދަލުވުމުންނެވެ.

އެޑިއުކޭޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕްރިންސިޕަލްގެ އަސާސީ މުސާރައިގެ ގޮތުގައި 16000 ރުފިޔާ އާއި ދެމެދުގެ 17000 މުސާރައެއް ލިބޭނެ ކަމަށެވެ.

އަދި މީގެ އިތުން އެލަވަންސްގެ ގޮތުގައި 9000 ރުފިޔާ އާއި 10300 ރުފިޔާގެ އެލަވަންސެއް ލިބޭއިރު ހާޒިރީ އިނާޔަތުގެ ގޮތުގައި 200 ރުފިޔާ އާއި 279 ރުފިޔާގެ އިނާޔާތެއް ލިބޭނެ ކަމަށެވެ.

މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިންނެވެ. ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެ އެވެ.

އެޑިއުކޭޝަނުން ބުނީ، މި އިއުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3341427 އަދި 3341441 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. އަފީފުއްދީން ސްކޫލަކީ އަތޮޅުތެރޭގެ އެންމެ ގިނަ ދަރިވަރުން ތައުލީމް ހާސިލުކުރާ ސްކޫލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293