twitterviber whatsapp telegramfacebookyoutube instagram
22nd September 2026

އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ކުރިމަތިލީ އެންމެ ބޭފުޅަކު

އަބްދުލް ވާހިދު ޙަސަން
Aug 21, 2023

އަފީފުއްދީން ސްކޫލަށް ޕްރިންސިޕަލަކު ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު ހަމަވިއިރު އެ މަގާމަށް ޝައުގުވެރިކަންފާޅުކުރީ އެންމެ ބޭފުޅެކެވެ.

ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާނުކުރީ އެ ސްކޫލަށް ޕްރިންސިޕަލަކު ހޯދަނީ ކުރިން އެ މަގާމުގައި ހުންނެވި ނާސިހާ އިދުރީސް ހުޅުމާލޭގެ ސޮލާހުއްދީން ސްކޫލަށް ބަދަލުވުމުންނެވެ.

ފައުންޑޭޝަން ގުރޭޑްތަކުން ފެށިގެން ގްރޭޑް 10 އަށް ކިޔަވައިދޭ މި ސްކޫލަކީ އަތޮޅުތެރޭގެ ސްކޫލުތަކުގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ތައުލީމް ހާސިލުކުރާ ސްކޫލެވެ.

މިއަހަރު އެ ސްކޫލުގައި 53 ރަށަކަށް ނިސްބަތްވާ ޖުމްލަ 1087 ދަރިވަރުން ތައުލީމް ހާސިލުކުރަމުންދެ އެވެ. އަފީފުއްދީން ސްކޫލުގައި މިއަހަރުވެސް ކިޔަވައިދެމުން އަންނަނީ ދެ ދަންފަޅިއަށެވެ.

ތައުލީމީ ގޮތުންވެސް އަފީފުއްދީން ސްކޫލަކީ ފާހަގަކޮށްލެވޭ ސްކޫލެކެވެ. އެގޮތުން 2022-2023 ވަނަ އަހަރު ފަސް މާއްދާގެ ފާސްވި އިންސަތަ އުޅެނީ 81 އިންސަތާ ގަ އެވެ. އަދި އެ އަހަރު އެ ސްކޫލުގެ ސާނަވީ ގައުމީ ގަދަ ދިހައެއްގައި އެ ސްކޫލުގެ 16 ދަރިވަރަކު ހިމެނުނެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293