twitterviber whatsapp telegramfacebookyoutube instagram
11th September 2026

މޫލީ މެދުވެރިކޮށް "އާރޯ" ފެނަށް އޯޑަރުކޮށް ޑެލިވަރީ ކުރެވޭނެ

Aug 27, 2023

އެމްޑަބްލިއުއެސްސީގެ ޕްރިމިއަމް ފެން "އާރޯ" މޫލީ މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކޮށް، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރީ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ. އާރޯ އަކީ އެމްޑަބްލިއުއެސްސީ އިން އުފައްދާ ޕްރީމިއަމް ފެނުގެ ބްރޭންޑެކެވެ

އާރޯގެ ފެން ފުޅީގެ ޑިޒައިން އުފައްދާފައިވަނީ ޕްލާސްޓިކް ކުނި ވަރަށް ބޮޑަށް މަދު ކުރެވޭނެހެން ކަމުން، ތިމާވެއްޓާ ރައްޓެހި ދިރިއުޅުމުގެ ވައްޓަފާޅި އަށް ލޯބިކުރާ ކަސްޓަމަރުންނަށް މިއީ ފުރިހަމަ ޕްރޮޑަކްޓެކެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާ ގޮތަށް ދިވެހި ފަންނުވެރިންގެ ކުރެހުންތައް ހިމަނައިގެން ފަރުމާކޮށްފައިވާ އާރޯ އަކީ ފަރުވާކޮށް މިނަރަލައިޒްކޮށް އިންޑަސްޓްރީގެ މިންގަނޑުތަކާ އެއްގޮތަށް ފަރުމާ ކުރެވިފައިވާ ފެންވަރުގެ ފެނެކެވެ.

ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އޮންލައިން މާކެޓްޕްލޭސް - މޫލީގެ ކަސްޓަމަރުންނަށް އޮންލައިންކޮށް ފައިސާ ދެއްކުމާއި، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން އިތުބާރާ އެކު ޑިޖިޓަލްކޮށް ވިޔަފާރިކުރުމުގެ ފުރިހަމަ ތަޖުރިބާއެއް ކަސްޓަމަރުންނަށް ފަހިކޮށްދެ އެވެ.

މީގެ އިތުރުން ކުދި ވިޔަފާރިކުރާ ފަރާތްތަކާއި އޮންލައިން ރީޓެއިލަރުންނަށް އިތުރު ކަސްޓަމަ ބޭސްއަކާއި ގުޅުވާލަދީ ޑެލިވަރީގެ ހިދުމަތާ އެކު ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަގުފަހިކޮށްދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293