twitterviber whatsapp telegramfacebookyoutube instagram
4th May 2024

ދެ ފަހަރަށް އެއް ވައުދެއްވެގެން ރުއްސޭނެކަމަށް ގަބޫލުކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް

އަބްދުލް ވާހިދު ޙަސަން
Aug 27, 2023
4

ދެ ފަހަރަށް އެއް ވައުދެއް ވެގެން އަޅުގަނޑުމެން ރުއްސޭނެކަމަށް ގަބޫލުކުރުމަކީ ވަރަށް ބޮޑު ކުންހީއެއްކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލް މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު މިހެން ވިދާޅުވީ، ހުކުރުދުވަހުގެ ރޭ ކުޅުދުއްފުށީގައި ބޭއްވި ދަ ޑިމޮކްރެޓްސް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

1000 ހައުންސިންގ ޔުނިޓް ކުޅުދުއްފުށީގައި އަޅައިދެއްވާނެކަމަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ޔޫތް ޑޭގެ ހަރަކާތްތަކަށް ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގަކަން މުހައްމަދު ފާހަގަކުރެއްވި އެވެ.

އަދި ސިޓީ ކައުންސިލާއެކު ބޭއްވި އެކި ބައްދަލުވުންތަކުގައި ކުނބުރުދޫގެ ބައެއް ކުޅުދުއްފުއްޓަށް ދޭން ރައީސް އެއްބަސްވިކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެހެންވުމުން އެ ވައުދުތައް ފުއްދަން އަނެއްކާ ދެވަނަ ފަހަރަށް އެމްޑީޕީއާ ގުޅެން ޖެހޭނެކަމަށް ގަބޫލުނުކުރައްވާކަމަށް މުހައްމަދު ވިދާޅުވި އެވެ.

ރަށެއްގެ ތަރައްގީގެ ޕްރޮޖެކްޓްތަކަކީ ކައުންސިލަރުން/ މަޖިލިސް މެމްބަރުން ބޯލަންބުވާ ގުދުކޮށް، ސޮއިކުރުވައިގެން ދޭން ޖެހޭނެ އެއްޗެއް ނޫންކަމަށާއި ރައްޔިތުންގެ ވޯޓް ބޭނުންމިއްޔާ ރައްޔިތުންނަށްވި ވައުދުތައް ފުއްދައިދޭނީކަމަށެވެ.

"ހުރިހާ މީހުންނަށް ކޮށްދޭން ޖެހޭ ކަމެއްގައި އަލުން އަޅުގަނޑުމެން ސޮއިކޮށްގެން އަލުން އެކަން ކުރަން އެއްބަސްކުރުވުމަކީ ރައްޔިތުންނަށް ވެވޭ ގައްދާރެއް." ކައުންސިލް މެމްބަރު މުހައްމަދު ވިދާޅުވި އެވެ.

މުހައްމަދު ވިދާޅުވީ، އެމްޑީޕީ ދޫކޮށް ޑިމޮކްރެޓުންނާ ގުޅުނީ ސަރުކާރުގެ ވަރަށް ދޯހަޅި ސިޔާސަތެއް މިރަށާ ދޭތެރޭ އޮތީމަކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ އައިލްސްގައި ކުޅުދުއްފުއްޓަށް 59 ޕްރޮޖެކްޓެއް ހިމަނާފައިވާއިރު އޭގެ ތެރެއިން ކުރިއަށްދަނީ ވަރަށް މަދު ޕްރޮޖެކްޓެއްކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355