twitterviber whatsapp telegramfacebookyoutube instagram
3rd August 2026

އިންތިހާބަށް 9 ދުވަސް، ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓާ އަޅަން ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Aug 30, 2023
4

ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށްވެފައިވަނިކޮށް ކުޅުދުއްފުއްޓާއި ގދ ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ.

މި ދެ ރަށުގައި ޓާޝަރީ ހޮސްޕިޓާ އެޅުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ނަމަވެސް އެކަން އޮތީ ނުވެ އެވެ.

ހެލްތް މިނިސްޓްރީން ބުނީ، ކުޅުދުއްފުއްޓާއި ތިނަދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުމަށް ޗައިނާގެ ކުންފުންޏެއްކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިންގ ކޮމްޕެނީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 30 މަސްދުވަސް ތެރޭގައި މަސައްކަތް ނިންމާގޮތަށް 76 މިލިޔަން އެމެރިކާ ޑޮލަރަށެވެ.

ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ހިނގާނެކަމަށް 2022 ވަނަ އަހަރުވެސް ރައީސް ވިދާޅުވި އެވެ. އަދި އެ މަސައްކަތްކުރުމަށް އެކި އަހަރު ދައުލަތުގެ ބަޖެޓްގައިވެސް ހިމެނި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355