twitterviber whatsapp telegramfacebookyoutube instagram
20th May 2024

ދެވަނަ ދައުރަކަށްފަހު ރައީސް ސިޔާސީ މަސައްކަތާ ދުރަށް

Sep 2, 2023
1

ދެވަނަ ދައުރަކަށްފަހު ސިޔާސީ މަސައްކަތްތަކުން ރިޓަޔަރ ކުރައްވަން ގަސްތުކުރައްވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ދެވަނަ ދައުރެއް ލިބޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށާއި އެ ދައުރަށް ފަހު އިތުރު ސިޔާސީ މަސައްކަތެއް ނުކުރައްވާނެކަމަށެވެ. ސިޔާސީ މަސައްކަތުން ދުރަށް ޖެހިވަޑައިގެން ނަމަވެސް، ހިލޭ ސާބަހަށް ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދުވަސްކޮޅަކު ހުންނެވުމަށް ވިސްނަވާ ކަމަަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ސިޔާސީ މަސައްކަތުން ރިޓަޔާ ކުރާނަން. ސިޔާސީ އިތުރު މަސައްކަތެއް މި ދައުރަށް ފަހު އަޅުގަނޑުގެ ނޯންނާނެ," ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްބުރުން މި އިންތިހާބު ކާމިޔާބު ކުރެއްވޭނެކަން އެނގެނީ ސާވޭތަކުން ކަމަށާއި މި ތަފާތު ގޮތްތަކަށް ސާވޭތައް ހަދަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި މިހާރުވެސް 130،000 ވޯޓު ވަނީ މި އިންތިހާބުގައި ކަށަވަރުވެފަކަމަށެވެ.

ރައީސް ސޯލިހުގެ ސިޔާސީ ހަޔާތް ފެއްޓެވީ 1994ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ފާދިއްޕޮޅު މެންބަރު ކަމަށް އިންތިހާބުވެ ވަޑައިގަތުމާ ހަމައިންނެވެ. އެމަނިކުފާނަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ބޭފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355