twitterviber whatsapp telegramfacebookyoutube instagram
28th April 2024

ކުޅުދުއްފުއްޓަށް ހިމެނި 59 މަޝްރޫއުގެ ތެރެއިން ނިމުނީ އޯޕީޑީ އާއި ފެންސުން އެކަނި

އަބްދުލް ވާހިދު ޙަސަން
Sep 2, 2023
5

ކުޅުދުއްފުއްޓަށް ސަރުކާރުން ވެފައިވާ އިހުމާލު ފާހަގަކުރައްވަމުން ސިޓީ ކައުންސިލް މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވީ، އައިލްސްގައި ކުޅުދުއްފުއްޓަށް 59 މަޝްރޫއު ހިންގަން އޮތްއިރު އޭގެ ތެރެއިން ނިންމާލެވިފައިވަނީ ހޮސްޕިޓަލުގެ އޯޕީޑީގެ މަސައްކަތާއި ކޮރަލްސް ދަނޑުގެ ފެންސުންގެ މަސައްކަތް އެކަނިކަމަށެވެ.

ކުޅުދުއްފުށީގައި ރޭ ކުރިއަށްދިޔަ ޑިމޮކްރެޓްސްގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މުހައްމަދު ވިދާޅުވީ، ދިހަހާސް މީހުންގެ އާބާދީއަކުން އެއާޕޯޓް ރަންވޭގައި ބައްތި ޖަހައިދޭންވެސް ސަރުކާރުގައި ޖެހުނީ އާދޭސް ދަންނަވަން ކަމަށެވެ.

ރަންވޭގައި ބައްތި ޖަހާށޭ ކިޔާ މަޖިލީހުގައި އާއި މިނިސްޓްރީގައި އާދޭސް ދެންނެވީމަވެސް ސަރުކާރުން މާބޮޑު ސަމާލުކަމެއް ނުދިންކަން އޭނާ ފާހަގަކުރެއްވި އެވެ.

"ގާތްގަނޑަކަށް 9 މިލިއަން ރުފިޔާގެ ކުޑަކުޑަ ޕްރޮޖެކްޓަކަށް އެހާވަރަށް އަޅުގަނޑުމެން އާދޭސް ކުރަން ޖެހުނީމާ އަޅުގަނޑުމެން މިތިބި ހިސާބު ވަރަށް ބޮޑަށް ސާފުވޭ." ކައުންސިލަރު މުހައްމަދު ވިދާޅުވި އެވެ.

ފެނަކައާ ހަވާލުކުރި އައިސްޕްލާންޓަކީ ސިޓީ ކައުންސިލް އިންތިހާބުވުމުގެ ކުރިން އަޅަން ނިންމާފައިވާ އައިސް ޕްލާންޓެއް ކަމަށާއި އެކަމަކު އެކަމަށްވެސް ތާރީހަކަށްފަހު ތާރީހެއް ދެމުންގޮސް އިންތިހާބަށްވުމުން ކަޑަ ޖަހާ މަންޒަރު ފެންނަ ކަމަށެވެ. އެ މަސައްކަތް އަވަސްކުރުމަށް މާލެ ގޮސް ފެނަކައާ ބައްދަލުކޮށް އެތަކެއް ސިޓީއެއް ފޮނުވިފައިވާނެކަމަށް މުހައްމަދު ވިދާޅުވި އެވެ.

ސަރުކާރުން ވައުދުވެ ނުފަށަ ހުރި ގިނަ މަޝްރޫއުތަކެއްވެސް މުހައްމަދު ފާހަގަކުރެއްވި އެވެ. އެގޮތުން ކުޅުދުއްފުށީ ޕޯޓާއި ޓިވެޓް ސެންޓަރާއި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އާއި ސިންތަޓިކް ޓްރެކާއި ބަނދަރާއި ސްކޫލުތަކުގެ މައްސަލަ ފާހަގަކުރެއްވި އެވެ.

ޓިވެޓް ސެންޓަރާއި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތް އަޅަން ބިން ދައްކާފައިވާތާ ގިނަ އަހަރުތަކެއްވެފައިވާ ކަމަށާއި އެ ބިންތައް މިހާރު ވާވެ ފައިވާކަމަށް މުހައްމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ޓިވެޓް ސެންޓަރު އެޅޭ ތަނެއް ނުފެންނަ ކަމަށާއި އެކަމުގެ އުންމީދެއްވެސް ނެތް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355