twitterviber whatsapp telegramfacebookyoutube instagram
3rd May 2024

މިފްކޯއިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޮށްފި

ނަބީލާ އިސްމާޢީލް
Sep 16, 2023

މިފްކޯއިން މަސް ކިލޯއެއް ގަންނަ އަގު މިއަދުން ފެށިގެން 25 ރުފިޔާއަށް ބޮޑުކުރަން ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި، މަސް ގަންނަ އަގު ބޮޑުކުރީ ރާއްޖެއިން އިނގިރޭސިވިލާތަށާއި ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެކަން ކަށަވަރުވުމާ ގުޅިގެން ކަމަށެވެ.

މީގެކުރިން މިފްކޯއިން މަސް ގަންނަމުން އައީ 17 ރުފިޔާގެ މަގުންނެވެ.

މަސް ގަންނަ އަގު ބޮޑުކުރިއިރު، ޔޫރަޕަށް އެކްސްޕޯޓު ކުރާ މަހުގެ ޑިއުޓީ ކުޑަކުރުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމުގެ މަޝްވަރާތައް ޕޮޒިޓިވްކޮށް ކުރިއަށް ދާ ކަމަށް ސަރުކާރުން މީގެ ކުރިން ބުންޏަސް، އޭގެ އެންމެ ފަހުގެ ތަފްސީލެއް ނުލިބެ އެވެ.

މި އަހަރުގެ ކުރީކޮޅު ރައީސް ސޯލިހު ވަނީ ރާއްޖެއިން އިނގިރޭސިވިލާތަށާއި ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރައީސާއެކު އެމްޑީޕީގެ ލީޑަޝިޕުން ރޭ ވަނީ މަސްވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން އެ ބައްދަލުކުރެއްވުމުގައި މަސްވެރިން ވަނީ އެ ނިންމުމާ މެދު އުފާކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުން ރައީސާ ހިއްސާކުރައްވާފައެވެ.

ބާނާ މަހަށް ހަމަ އަގު ނުލިބުމާއި އައިސް ލިބުމުގައި ދަތިތައް ކުރިމަތިވުމާއި މަސް ކިރޭނެ ކެޕޭސިޓީ ރާއްޖޭގައި ނެތުމަކީ މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވާދަކުރެއްވި ކެންޑިޑޭޓުން ވެސް ވަނީ މަސް ގަންނަ އަގު ބޮޑު ކުރަން ވައުދުވެވަޑައިގެންފައެވެ.

ރާއްޖެއިން މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި 22 ޕަސެންޓް ނަގަ އެވެ. އެހެންވެ، ރާއްޖެއިން ޔޫރަޕް މާކެޓަށް ވިއްކާ މަހުގެ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355