twitterviber whatsapp telegramfacebookyoutube instagram
10th April 2025

ކުޅުދުއްފުށީ ޓަވަރުތައް އަޅާ ސައިޓްގައި އަލިފާން ރޯވެ އަނދަނީ

ނަބީލާ އިސްމާޢީލް
Sep 16, 2023

ކުޅުދުއްފުށީ ހިއްކި ބިމުގައި އިމާރާތްކުރާ ޓަވަރުތައް އަޅާ ސައިޓުގައި އަލިފާން ރޯވެ އަދަމުން އެބަ ދެ އެވެ.

ދޮންބޭޒްގެ އެ ސައިޓުގައި ރޯވެފައިވަނީ އެކޮމަޑޭޝަން އަށް ބޭނުންކުރާ ބައެއްގަ އެވެ.

އަލިފާން ނިއްވުމުގެ މަސަކަތް އެމްއެންޑީއެފްއިން ކުރަމުން ދާއިރު އެތަނުން ވަރަށް ގިނަ އަދަދެއްގެ ދުންއަރަމުން ދެއެވެ.

އަލިފާންގަނޑު މިހާރުވަނީ ކޮންޓްރޯލް ކުރެވިފަ އެވެ.

ވެލިގަނޑުގައި ހަދާ މި 11 ބުރީގެ 5 ޓަވަރަކީ މިއީ ސަރުކާރުން އަތޮޅުތެރޭގައި ހިންގާ އެންމެ ބޮޑު ހައުންސިންގ ޕްރޮޖެކްޓެވެ. 439 މިލިއަން ރުފިޔާއަށް މި ޕްރޮޖެކްޓް މިދިޔަ އަހަރުގެ ޖުލައިމަހު، ހަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޑެޓްގެ ވެންޗާ ކުންފުނިކަމަށްވާ ޓްވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓަރަކްއާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355