twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހދ އަތޮޅުގެ ބައި އިލެކްޝަނަށް ރަށު ކައުންސިލު އިދާރާއިން ވާންޖެހޭ ތައްޔާރީތައް ވެނިމިފައިވާ ކަމަށް އެއިދާރާއިން ބުނެފި

Jun 8, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ހދ އަތޮޅުގެ ބައި އިލެކްޝަނަށް ރަށު ކައުންސިލް އިދާރާއިން ވާންޖެހޭ ތައްޔާރީތައް ވެނިމިފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ އުތުރު ދާއިރާއިން މެމްބަރަކު ހޮވުމަށް ބާއްވާ ހދ އަތޮޅު ބައި އިލެކްޝަނުގެ އިންތިޒާމުތަކާ ބެހޭގޮތުން ކުޅުދުއްފުށީ ކައުންސިލުގެ އިދާރާގެ ޒިންމާދާރުވެރިޔާ އިސްމާއީލް އިބްރާހިމް ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބަށް ކައުންސިލް އިދާރާއިން ވާންޖެހޭ ތައްޔާރީތައް ނިމިފައިވާ ކަމަށާއި ކުޅުދުއްފުށީގައި ވޯޓުލުމަށް 04 ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ.

ކުޅުދުއްފުށީގައި ބަހައްޓާ 01 ނަންބަރު ވޯޓު ފޮށި ހުންނާނީ ކުޅުދުއްފުށީ ކެމްޕަހުގައެވެ. ހދ ފެމެލީ އެންޑް ޗިލްރަންސް ސާރވިސް ސެންޓަރުގައި 02 ނަމްބަރު ވޯޓްފޮށި ބަހައްޓާއިރު ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ރިސޯސް ސެންޓަރުގައި ބަހައްޓާފައި ހުންނާނީ 03 ނަމްބަރު ވޯޓްފޮށްޓެވެ. އަދި 04 ވަނަ ވޯޓު ފޮށި ބަހައްޓާނީ ޖަލާލުއްދީން ސްކޫލުގައި 04 ނަމްބަރު ވޯޓްފޮށި ކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތު ދެއެވެ.

ކުޅުދުއްފުށީގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ 2520 މީހުން ތިބިއިރު އިންތިހާބުގެ އޮފިޝަލުންނާއި އޮބްޒާވަރުންގެ ކަންތައްތައް މިފަހަރު ހަމަޖައްސަނީ އަތޮޅު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުންކަމަށް މައުލޫމާތު ލިބެއެވެ.

އަދި މާދަމާގެ ވަގުތެއްގައި ހޮނިހިރު ދުވަހުގެ އިންތިހާބުގެ ކަންތައްތައް ބެލެހެއްޓުމަށް އިލެކްޝަން ކޮމިޝަނުގެ 5 މީހުންގެ ޓީމެއް ކުޅުދުއްފުށްޓައް އައުމަށް ހަމަޖެހިފައިވާ ކަމަށާއި ވޯޓު ފޮށި ކައިރީގައި ތިބޭ ފަރާތްތަކަށް ޓްރެއިނިންގ ދެއްވާނީ އެ ޓީމުން ކަމަށް ކައުންސިލު އިދާރާއިން މައުލޫމާތު ދެއެވެ.

މިފަހަރުގެ އިންތިހާބުގައި ކުޅުދުއްފުށި ނޫން އެހެން ތަނެއްގައި ވޯޓު ލުމަށް އެއްވެސް މީހަކު ރަޖިސްޓްރީކޮށްފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355