twitterviber whatsapp telegramfacebookyoutube instagram
20th October 2025

ދެވަނަ ބުރުގައި ރީ-ރެޖިސްޓްރޭޝަނަށް 47،000 އަށް ވުރެ ގިނަ ފޯމު

ނަބީލާ އިސްމާޢީލް
Sep 18, 2023

ސެޕްޓެމްބަރު 30، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލުމަށް ރީ-ރަޖިސްޓްރީކުރަން ހުޅުވާލި ފުރުސަތުގައި 47،000 އަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ދެ ވަނަ ބުރުގެ ވޯޓަށް ރީ-ރަޖިސްޓްރީކުރަން ބޭނުންވާ މީހުންނަށް ކޮމިޝަނުން ހުޅުވާލީ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ހަވީރާ ހަމައަށެވެ. އެ މުއްދަތުގެ ތެރޭގައި 47،714 މީހުން ވަނީ ދެވަނަ ބުރުގައި އެހެން ތަނެއްގައި ވޯޓު ލާން ފޯމު ހުށަހަޅާފަ އެވެ.

މިއީ ފުރަތަމަ ބުރުގައި ރީ-ރަޖިސްޓަކުރި މިންވަރަށް ވުރެ ގިނަ އަދަދެކެވެ. ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 42،867 މީހުން ވަނީ ރީ-ރަޖިސްޓްރޭޝަނަށް ހުށަހަޅާފައެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެވަނަ ބުރުގައި 47،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރޭޝަނަށް ފޯމު ހުށަހެޅިއިރު، އޭގެ ތެރެއިން 19،000 އަށް ވުރެ ގިނަ ފޯމު އިއްޔެގެ ނިޔަލަށް ރަޖިސްޓްރީ ކޮށްދެވިފައި ވާނެ ކަމަށެވެ. އަދި މިހާރު 27،000 އަށް ވުރެ ގިނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އީސީން ކުރަމުންދާ ކަމަށް ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،803 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. މީގެ ތެރޭގައި އަލަށް ވޯޓު ލުމުގެ ފުރުސަތު ލިބޭ 403 ޒުވާނުން ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355