twitterviber whatsapp telegramfacebookyoutube instagram
21st August 2026

ކޯރަމް ހަމަނުވުމުން މިއަދުވެސް ޖަލްސާ ނުފެށިފަ

ނަބީލާ އިސްމާޢީލް
Sep 19, 2023

މިއަދުވެސް 9:00 ގައި ފަށަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް ކޯރަމް ހަމަނުވުމުން ޖަލްސާ ނުފެށި ލަސްވެއްޖެ އެވެ.

ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޯރަމް ހަމަނުވާކަން ފާހަގަކުރައްވާ މެންބަރުން ވަޑައިގަންނަވަންދެން މަޑުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މިއަދުގެ ޖަލްސާގެ ވަގުތު ޖެހުނުއިރު ވަޑަގެން ތިއްބެވީ 17 މެމްބަރުނެވެ

"އަޅުގަނޑު މިއަދުވެސް މަޑުކޮށް މިއިނީ އިއްޒަތްތެރި މެންބަރުން މަޖިލީހަށް ވަޑައިގަންނަވަންދެން. މިވަގުތު ހާޒިރުވެވަޑައިގެން ތިއްބެވީ 17 އިއްޒަތްތެރި މެންބަރުން. އެހެން ނަމަވެސް މަޖިލީހުގެ ކުޑަދޮށުގައި މެންބަރުން އެބަ ތިއްބެވި،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ މެންބަރުން މަޖިލީހަށް ވަޑައިގެން ގޮނޑިކޮޅުގައި އިށީނދެވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ.

މިއަދު އިބްތިދާއީ ބަހުގެ ގިތުގައި އެޖެންޑާކުރެވިފައިވަނީ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ، ދިވެހިރާއްޖޭގެ މަސްކަނޑުން ގެއްލުނު

ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅ ޤަރާއި ހުޅުދޫ ދާއިރާ ގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވ ފައިވާ، ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ހުށަހަޅ ގަރާރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355