twitterviber whatsapp telegramfacebookyoutube instagram
13th October 2026

188 ދަރިވަރުންނާއެކު ތިލަދެކުނު ޤުރުއާން މުބާރާތް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Sep 21, 2023

ހދ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން އަތޮޅު ކައުންސިލުން ބާއްވާ ތިލަދެކުނު ޤުރުއާން ކިޔެވުމުގެ މުބާރާތް ކުޅުދުއްފުށީގައި ފަށައިފި އެެވެ.

ޤުރުއާން މުބާރާތް ފައްޓަވައިދެއްވީ މިއަދު ހަވީރު އަފީފުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އަތޮޅު ރައީސް މުހައްމަދު ސިރާޖެވެ.

މިއަހަރުގެ މުބާރާތުގައި އަތޮޅުގެ 15 ސްކޫލަކުން 188 ދަރިވަރުން ވާދަކުރެ އެވެ. އެއީ ބަލައިގެން ކިޔަވާ ގޮފިން 118 ދަރިވަރުންނާއި ނުބަލާ ކިޔަވާ ގޮފިން 70 ދަރިވަރުންނެވެ.

މުބާރާތުގެ ކިޔެވުން ހޮނިހިރުދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށް އަތޮޅު ކައުންސިލުން މައުލޫމާތުދެ އެވެ. މިމުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ އަލްގާރީ އިބުރާހިމް ޝިފާއު، އަލްގާރީ އަހުމަދު ތައުފީޤް އަދި އަލްގާރީ އިބުރާހިމް ޝަރީފެވެ.

މި މުބާރާތް މިއަހަރު ކުޅުދުއްފުށީގައި ބާއްވަނީ، މުބާރާތް ހޯސްޓްކުރަން ހުޅުވާލި ފުރުސަތުގައި އެއްވެސް ރަށަކުން ޝައުގުވެރިކަންފާޅު ނުކުރުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293