twitterviber whatsapp telegramfacebookyoutube instagram
20th September 2026

ތިލަދެކުނު ޤުރުއާން މުބާރާތުގެ ފަހުރުވެރި އެއްވަނަ ޖަލާލުއްދީން ސްކޫލްގެ މަލްސޫން ހޯދައިފި

Nov 2, 2024

ހދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ތިލަދެކުނު ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ފަހުރުވެރި އެއްވަނަ ޖަލާލުއްދީން ސްކޫލްގެ އިބުރާހިމް މަލްސޫން މުހައްމަދު ހޯދައިފި އެވެ.

ހަނިމާދޫގައި ކުރިއަށްދިޔަ މި މުބާރާތުގައި އަތޮޅުގެ 13 ރަށެއްގެ 15 ސްކޫލަކުން 200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ.

މަލްސޫން ވަނީ މުޅި މުބާރާތުން ބަލައިގެން ކިޔެވި ގޮފިންވެސް އެއްވަނަ ހާސިލްކޮށްފަ އެވެ. މުޅި މުބާރާތުން ދެވަނަ ހޯދީ މަކުނުދޫ ސްކޫލުގެ ނާޔާ ބިންތު އަޒްހަރު އަބުދުލް އަލީމެވެ. އަދި މުޅި މުބާރާތުން ތިންވަނަ ހާސިލުކޮށްފައިވަނީ އަފީފުއްދީން ސްކޫލްގެ މުހައްމަދު ލަސަން ފަޒީލެވެ.

މުޅި މުބާރާތުން އެއްވަނަ ސްކޫލްގެ މަގާމު މަކުނުދޫ ސްކޫލު ހޯދިއިރު ދެވަނަ ސްކޫލަކަށް ހޮވުނީ ނޮޅިވަރަމު ސްކޫލެވެ. އަދި ތިންވަނަ ސްކޫލްގެ މަގާމު ލިބުނީ ޖަލާލުއްދީން ސްކޫލަށެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވީ އަލްޤާރީ އަހުމަދު ތައުފީޤާއި އަލްޤާރީ އިބްރާހީމް ޝަރީޕް އަދި އަލްޤާރީ މޫސާ އަހުމަދެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ހާއްސަ މަގާމުތަކަށް ދިޔަ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293