twitterviber whatsapp telegramfacebookyoutube instagram
28th April 2024

ކޯރަމް ހަމަނުވުމުން ނިޒާމީ ވޯޓަށް ހާއްސަކުރި ޖަލްސާ ކުރިއަކަށް ނުދިޔަ

ނަބީލާ އިސްމާޢީލް
Sep 25, 2023

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް, އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުށަހަޅާފައިވާ ސިޓީގެ މައްސަލަ އެޖެންޑާ ކޮށްފައި އޮއްވާ މިއަދުގެ މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވުމުން ނިންމާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޯރަމް ހަމަނުވާކަން ފާހަގަކުރައްވާފަ އެވެ.

ކޯރަމް ހަމަނުވެ ޖަލްސާ ކުރިއަށް ނުގެންދެވުމުން ރައީސް ނަޝީދު ވިދާޅުވީ މާދަމާގެ ޖަލްސާ ކުރިއަށް ގެންދާނީ އެމްޑީޕީއާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

އަންނަ ނޮވެމްބަރު މަހުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހަށް ހުށަހެޅި ގަރާރު، މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކުރީ މިދިޔަ ބުދަ ދުވަހުއެވެ. އަދި އެކަން އީސީއަށް ހުށަހެޅީ ބުރާސްފަތު ދުވަހުއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މަޖިލިސް ފެށުނުއިރު ކޯރަމް ހަމަވުމަށް މަދީ ދެ މެންބަރުން ކަމަށެވެ.

"މިއީ ރިޔާސީ އިންތިޚާބުގެ ފަހު ހަފުތާ. އެހެންވީމަ ޕާޓީތަކުން ކެމްޕެއިން ހަރަކާތްތަކުގައި ހަރަކާތްތެރިވާންޖެހޭނެ. އެ މަސައްކަތުގަ އުޅުމަކީ މަޖިލީހުގެ މަސައްކަތެއްގެ ގޮތުގަ އަޅުގަނޑު ހަމަ ދެކެނީ،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލީހަށް ހާޒިރުވެ ތަޅުމަށް ނުވަދެ ކުޑަ ދަށުގައި ތިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ނަމަވެސް ކެމްޕޭނުގެ މަސައްކަތުގައި ހަރަކާތްތެރިވާނަމަ އެއީ މައްސަލައެއް ނޫން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355