twitterviber whatsapp telegramfacebookyoutube instagram
9th May 2025

ދެވަނަ ބުރުގައި ވޯޓުލުމަށް އިތުރު 412 ވޮޓު ކަރުދާސް

Sep 26, 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް އިތުރު 412 ވޯޓު ކަރުދާހާއި އެކު ޖުމްލަ 285،631 ކަރުދާސް ޗާޕްކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ބުނެފި އެވެ.

ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްޤުލިބިފައިވަނީ 282،804 މީހަކަށެވެ. އަދި ދެވަނަ ބުރުގައި އިންތިހާބުގައި އަލަށް 409 މީހުންނަށް ވޯޓުލުމުގެ ހައްޤު ވަނީ ލިބިފަ އެވެ.

އީސީން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވޯޓުލުމަށް 285،631 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާކަމަށެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ޗާޕްކޮށްފައިވަނީ 285،219 ވޯޓު ކަރުދާހެވެ. މިއީ 412 ވޯޓު ކަރުދާހުގެ އިތުރުވުމެކެވެ.

ޤާނޫނުގައިވާގޮތުން ކޮންމެ ފޮއްޓަކަށް ފޮނުވާނީ، އެފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ. އީސީން ފޮށިތަކަށް ވޯޓްލާން ރަޖިސްޓްރީވެފައިވާ މީހުންގެ ލިސްޓާއި ވޯޓް ކަރުދާސްތައް މިމަހުގެ 27 ވަނަ ދުވަހު ރަށްރަށަށް ފޮނުވަން ފަށާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުން ކުރި ހޯއްދެވި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355