twitterviber whatsapp telegramfacebookyoutube instagram
9th May 2024

ވޯޓު ކަރުދާސް ފޮޓޯ ނެގި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ނަބީލާ އިސްމާޢީލް
Sep 30, 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދަނިކޮށް ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާހުގެ ފޮޓޯ ނެގި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހުން ފުލުހުން ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 8:00ގައެވެ. މިއަދު ހަވީރު 5:00 ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށް ދާނެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ވޯޓު ކަރުދާހުގެ ފޮޓޯ ނެގިކަމަށް ތުހުމަތު ކުރެވުނީ ފުވައްމުލައް ސިޓީގައި ވޯޓުލާން ދިޔަ މީހަކަށެވެ. ނަމަވެސް, ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެންގޮސް މައުލޫމާތު ސާފުކުރުމަށްފަހު ފަހުން ވަނީ ދޫކޮށްލާފަ އެވެ.

ވޯޓުލުމަށް ފަހު ވޯޓު ކަރުދާސް ދައްކައިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫގައި ވޯޓުލާން ދިޔަ މީހެކެވެ.

މީގެ އިތުރުން ފުލުހުން ބުނީ ލ. ފޮނަދޫގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.

އޭގެ އިތުރުން ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އެ މީހުންނާ ގުޅޭ މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު މި ބުރުގައި 282،803 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. މީގެ ތެރޭގައި އަލަށް ވޯޓު ލުމުގެ ފުރުސަތު ލިބޭ 403 ޒުވާނުން ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355