twitterviber whatsapp telegramfacebookyoutube instagram
10th May 2024

ބޭނުންވަނީ ނޮވެމްބަރު 11ގައި އިންތިހާބީ ރައީސް ހުވާކުރައްވަން: ރައީސް

ނަބީލާ އިސްމާޢީލް
Oct 2, 2023
1

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 11 ވަނަ ދުވަހު ހުވާކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެކަމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށްވާނަމަ ޑރ. މުއިއްޒަށް އެ ފުރުސަތު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ނޮވެމްބަރު 11 އަކީ ތާރީހުގައި ރާއްޖޭގެ ވެރިކަންތައް ބަދަލުވަމުން އައިސްފައިވާ ދުވަސް ކަމަށެވެ. އަނެއްކާވެސް އިޔާދަކުރައްވަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އޭގެ މަސައްކަތް އަޅުގަނޑު ކުރަމުން އެބަގެންދަން. ގާނޫނީ ގޮތުން އެއަށް ހުރަހެއް ނެތް ކަމަށްވަންޏާ ނޮވެމްބަރު 11 ގައި އެ ބަދަލުވެގެންދާނެ. ގާނޫނީ ހުރަހެއް އޮތްތޯ ނެއްތޯ އަޅުގަނޑު ބަލަމުން ގެންދާނަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި މީގެކުރިން ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވަމުން އައީ ނޮވެމްބަރު 11 ގައެވެ.

ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ހަދާފައިވާ ގޯސްތަކެއްގެ ސަބަބުން ރިޔާސީ އިންތިހާބު ތިންވަނަ ފަހަރަށް ބާއްވަންޖެހުމާ ގުޅިގެން އެ އިންތިހާބަށްފަހު ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުން ވަނީ ނޮވެމްބަރު 17 އަށް ފަސްވެފަ އެވެ. ގާނޫނީ ގޮތުން އެ ބަދަލު އައީ ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު ނެރުނު ހުކުމާއި ގައިޑްލައިންގެ ސަބަބުންނެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މިހާރުގެ ރައީސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވީ ނޮވެމްބަރު 17 ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355