twitterviber whatsapp telegramfacebookyoutube instagram
28th April 2024

ކޯރަމް ހަމަނުވެގެން މިއަދު ވެސް މަޖިލީސް ނުބޭއްވުނު

ނަބީލާ އިސްމާޢީލް
Oct 9, 2023

ކޯރަމް ހަމަނުވުމާ ގުޅިގެން މިއަދު ބާއްވަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލައިފި އެވެ. މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދަކީ 22 މެންބަރުންނެވެ.

މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފައި އޮތީ، ދެ ގައުމެއްގެ ސަފީރުކަމަށް އައްޔަން ކުރަން ފޮނުވާފައިވާ ބޭފުޅުންގެ ނަންތައް ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވުމާއި އަދި، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރަން ދާއިމީ ކޮމިޓީތަކަށް ފޮނުވުމެވެ. އިތުރަށް ތާވަލުކޮށްފައިވަނީ ނުނިމި ހުރި މައްސަލަތަކެވެ.

ނަމަވެސް މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ޖަލްސާ ފަށަން ބޭނުންވާ ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ބޭއްވެން ނެތް ކަމަށެވެ.

މި ދައުރުގެ ގިނަ ޖަލްސާތަކެއް ކޯރަމް ހަމަނުވުމުގެ ސަބަބުން ނިންމާލަން ޖެހިފައިވެއެވެ. އެގޮތުން، ނިމުނު ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ގިނަ މެންބަރުންތަކެއް އުޅެން ޖެހުމުގެ ސަބަބުން އެ ދުވަސްވަރު ވެސް ގިނަ ޖަލްސާތަކެއްގެ ކޯރަމް ހަމަނުވެގެން ވަނީ ނިންމައިލަން ޖެހިފައެވެ.

މީގެ އިތުރުން ވެސް މިދިޔަ ޖޫން މަހު އެމްޑީޕީން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެއްފަހަރާ ހުށަހެޅުމުން ވެސް ގިނަ ދުވަސްތަކެއް ވަންދެން މަޖިލިސް ހުއްޓިފައި އޮތެވެ.

މިއަދުގެ ޖަލްސާ ވެސް ނުބޭއްވުނުއިރު، އިއްޔެ އެމްޑީޕީގެ ޕީޖީން ވަނީ މަޖިލީހުގެ ރައީސްކަމުން ނަޝީދު ދުރުކުރަން އަނެއްކާ ވެސް ހުށަހަޅަން ފާސްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355