ލަންދޫ ޕްރީ ސްކޫލް ބެލެނިވެރިންނަށް އުރީދޫއިން ޑިޖިޓަލް ފައިނައިސް އަދި އެމް-ފައިސާގެ ޓްރޭނިން ސެޝަންއެއް ބާއްވައިފި އެވެ.
ލަންދޫ ޕްރީ ސްކޫލް ބެލެނިވެރިންނަށް އުރީދޫއިން ޑިޖިޓަލް ފައިނައިސް އަދި އެމް-ފައިސާގެ ޓްރޭނިން ސެޝަންއެއް ބާއްވައިފި އެވެ. މި ސެޝަން ބާއްވާފައިވަނީ ޑިޖިޓަލް ދިވެހިރާއްޖެ އެއް ބިނާ ކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން ޑިޖިޓަލް ފައިނައިސްގެ ހިދުމަތްތަކަށް އަހުލުވެރިކުރުމުގެ ގޮތުންނެވެ.
އެގޮތުން ޑިޖިޓަލް ފައިނައިންސް މެދުވެރިކޮށް ފަހިވެގެންދާ ފުރުސަތުތަކާ، ފަސޭހަ އާއި އެމްފައިސާ ބޭނުންކުރާނެ ގޮތް ކިޔާދީފައިވެއެވެ.
ލަންދޫ ލަންދޫ ކައުންސިލްގެ ހިދުމަތްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކައުންސިލަށް ދައްކަންޖެހޭ ފައިސާ މިހާރު ދައްކާލެވެއެވެ. އެމް-ފައިސާ އަކީ ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވެސް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމާއި، ޖީއެސްޓީ ދެއްކުމުގެ އިތުރުން ކެފޭ، ރެސްޓޯރަންޓް، ފިހާރަ ފަދަ ތަންތަނަށް ފައިސާ ދެއްކޭ ޑިޖިޓަލް ވޮލެޓެކެވެ. މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށް ބިލް ވެސް ދެއްކޭނެ އެވެ.
މިހިދުމަތާއެކު ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ލަންދޫގެ ރައްޔިތުންނަށް ފައިސާގެ މުއާމަަލާތްކުރުމުގައި އިތުރު ލުޔެއްލިބި ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ބާރުވެރި މުޖުތަމަޢެއް ޤާއިމުކުރުމަށް ބިނާކުރެވިގެންދާނެއެވެ.
އެމް-ފައިސާގެ ހިދުމަތަކީ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް އުރީދޫ އެޕް މެދުވެރިކޮށް ބޭނުން ކުރެވޭ ހިދުމަތެކެވެ. އެމް-ފައިސާ ގެ ހިދުމަތަށް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ރެޖިސްޓަރ ކުރެވޭނެއެވެ. ރެޖިސްޓަރ ކުރުމަށް ore.do/mf ޒިޔާރަތްކޮށްލައްވާށެވެ.