twitterviber whatsapp telegramfacebookyoutube instagram
5th October 2026

މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް ކުޅުދުއްފުށީގައި ފަށައިފި

ނަބީލާ އިސްމާޢީލް
Oct 15, 2023

މަކިޓަ ޖޫނިއާ ޗެމްޕިއަންޝިޕް މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.

ރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތް ފެށުމުގެ ރަސްމިއްޔާތު މޫސުން ގޯސްވުމާއި ގުޅިގެން މިރެއަށް ވަނީ ފަސްކޮށްފައެވެ. ނަމަވެސް މުބާރާތުގެ އިވެންޓުތައް ފެށުމުގެ ކުރިން މިއަދު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތާއި، މުބާރާތުގެ ލަވަ ލޯންޗުކޮށްފައެވެ.

މުބާރާތުގެ ލަވަ ހުށަހަޅައިދިނީ ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔަ ޝަލަބީ އާއި އަޝްރާއެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ.

މުބާރާތް ފެށުމަށްޓަކައި ބޭއްވި މި އިވެންޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރާއި، ކައުންސިލަރުންނާއި، އެތްލެޓިކްސް އެސޯސިއޭޝަންގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

ކުޅުދުއްފުށިގައި ބާއްވާ މިމުބާރާތުގައި 35 ސްކޫލަކުން ބައިވެރިވެފައިވާއިރު މުބާރާތުގައި 1124 އެތުލީޓުން ވާދަ ކުރެއެވެ. އޭގެތެރޭގައި ހިމެނެނީ 505 އަންހެން އެތުލީޓުންނާއި، 619 ފިރިހެން އެތުލީޓުންނެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިރޭ 20:15 ގައި ކުޅުދުއްފުށި ސްޓޭޑިއަމްގައި އޮންނައިރު، މިމުބާރާތް ކުރިއަށް ދާނީ މިމަހުގެ 15 އިން 20ގެ ނިޔަލަށެވެ. މުބާރާތް ނިންމުމަށްވެސް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293