twitterviber whatsapp telegramfacebookyoutube instagram
9th May 2024

ދިވެހީންގެ މުއްސަނދި ސަގާފަތާއި އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީ އިސްލާމްދީން: މުއިއްޒު

ނަބީލާ އިސްމާޢީލް
Oct 17, 2023

ދިވެހީންގެ މުއްސަނދި ސަގާފަތާއި އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީ އިސްލާމްދީން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނުގައެވެ.

މުއިއްޒުގެ ބަޔާނުގައި ވިދާޅުވީ ޕީިޕީއެމް/ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވެންގެން އުފައްދާ ސަރުކާރު ވެގެންދާނީ އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް ކަމަށެވެ.

ރާއްޖެއަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީހީ ހާދިސާއަކީ ރާއްޖެ އިސްލާމްވުން ކަމަށާއި ދިވެހީންގެ މިނިވަންކަމާއި ރިވެތި އާދަކާދަތަކާއި މުއްސަނދި ސަގާފަތާއި އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީވެސް އިސްލާމްދީން ކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.

މުއިއްޒު ވިދާޅުވީ ވޭތުވެ މިދިޔަ ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ރާއްޖެ ދެމި ތިބިކަމީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށާއި މިއަދުގެ ދުނިޔޭގައި ފިކުރީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި އަދި އިސްތިރާޖީ ގޮތުންވެސް ތަފާތު އެކި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

އަދި އެއިން ކޮންމެ ގޮންޖެހުމަކާވެސް ދިވެހި ގައުމު އިސްކޮށްގެން، ދިވެހީންގެ މަސްލަހަތު ކުރިއަށް ނެރެގެން ކުރިމަތިލުމަކީ ދިވެހި ރައްޔިތުން އެދޭ ގޮތް ކަމަށްވެސް ވިދާޅުވި އެވެ.

ހަމަ އެހެންމެ އައު ސަރުކާރު ވެގެންދާނީ ދިވެހީންގެ ރީތި އުޅުމާއި ގުޅުމާއި ގޮތް ފޮތް ދަމަހައްޓައި، ދިވެހީންގެ ނަމާއި އަބުރު ބައިނަލްއަގުވާމީ މަސްރަހުގައި އުފުލައިދޭނެ ސަރުކާރަކަށް ކަމަށް އިންތިހާބީ ރައީސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355