twitterviber whatsapp telegramfacebookyoutube instagram
21st December 2025

ހާލު ސީރިއަސްވި މީހާ މާލެ ފޮނުވާލައިފި

އަބްދުލް ވާހިދު ޙަސަން
Oct 19, 2023

ކުޅުދުއްފުށީ އެއާޕޯޓްގައި ބޭނުންކުރާ "ޕްރެޝާ ފެޑް" ސިސްޓަމް ގޮވި ހާދިސާގައި ހާލު ސީރިއަސްވި މީހާ ފަރުވާއަށް މާލެ ފޮނުވާލައިފި އެވެ.

ހަތަރު ފަޔަރ ފައިޓަރުން ޒަހަމްވި މި ހާދިސާގައި ހާލު ސިރިއަސްވީ 37 އަހަރު ފިރިހެން ފަޔަރ ފައިޓަރަކަށެވެ. އޭނާ ފަރުވާއަށް މާލެ ފޮނުވާލީ މިއަދު ވަރަށް ހަވީރުގެ ވަގުތެއްގަ ޑޯނިއާ މަތިންދާބޯޓްގަ އެވެ.

އޭނާގެ ކަނާއަތުގެ އުޅަނބޮށިން ފެށިގެން ތިރި ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. މި ހާދިސާގައި ޒަހަމްވި އަނެއް ތިން ފަޔަރ ފައިޓަރުންނަށް އެކި ވަރުގެ އަނިޔާވިނަމަވެސް އެ މީހުންގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ. އެއީ 29 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނަކާއި އަދި 25 އަހަރުގެ އަންހެނެކެވެ.

ފުލުހުން ބުނީ، ސިލިންޑަރު ގޮވީ ރިފިލްކުރުމުގެ ތެރޭގައި ކަމަށެވެ. މައުލޫމާތު އެނގޭ މީހަކު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ، ސިލިންޑަރު ގޮވި ވަގުތު ބާރު އަޑުފަތްގަނޑު އިވުނު ކަމަށާއި އެކަމަކު ހުޅު ހިފާފައިނުވާ ކަމަށެވެ.

ކަމާ ގުޅުން ހުރި ފަރާތްތަކުން މިމައްސަލަ އަންނަނީ ތަހްގީގުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355