twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް ފަށައިފި

ނަބީލާ އިސްމާޢީލް
Oct 20, 2023

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ފަށާފަ އެވެ.

އުރީދޫން ބުނީ އެ މުބާރާތުގައި ބައިވެރިވާން 350 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ. އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ގްރޭންޑް ފިނާލޭ އާއި ކޮސްޕްލޭ އާއި އެފްސީ 24، ރޭސިން ސިމް އަދި ޓެކްކެން މުބާރާތް އޮންނާނެއެވެ.

މި ހަފުތާ ބަންދު ތެރޭގައި ކުރިއަށްދާ މި ރަސްމީކޮށް ރޭ ފައްޓަވައި ދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދާއި އުރީދޫގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ބައްސާމް އަލް މޮމާނީ އާއި ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒެވެ.

ޖުމްލަ 185،000 ރުފިޔާގެ ފައިސާގެ އިނާމާއެކު "އުރީދޫ ނޭޝަން - ގޭމާސް ލޭންޑް" ވެގެންދާނީ ރާއްޖޭގައި ގޭމް ކުޅޭ ފަރާތްތަކުގެ އެންމެ ބޮޑު އެއްވުމަކަށެވެ.

ޕަބްޖީ މުބާރާތުގެ ފައިނަލް މެޗްތަކުން ވަނަ ހޯދާ ޓީމުތަކަށް ޖުމްލަ 89,000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ.

އެހެން މުބާރާތްތަކުން ލިބޭނެ އިނާމުތަކަކީ:

  • 40،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު އީއޭއެފްސީ (ފީފާ)
  • 25،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރޭސިން ސިމް ޗެލެންޖް
  • 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ޓެކެން މުބާރާތް
  • 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކޮސްޕްލޭ މުބާރާތް

ގެމާސް ލޭންޑަކީ ހަމައެކަނި މުބާރާތްތަކަށްވުރެ ބޮޑު ފެސްޓިވަލެކެވެ. ގޭމިން ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިންގެ އިތުރުން ވީއާރް ގޭމިން ތަޖުރިބާކޮށްލައި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ކުޅުން ބަލާލައި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެއެވެ.

މި ގޭމިން ފެސްޓިވަލްގެ ވަނަތައް އިއުލާން ކުރާނީ މާދަމާ ރޭއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355