twitterviber whatsapp telegramfacebookyoutube instagram
17th April 2026

އޮސްޓްރޭލިޔާގެ ސަފީރު ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި

ނަބީލާ އިސްމާޢީލް
Oct 23, 2023

އޮސްޓްރޭލިޔާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު ޑޭވިޑް ޖަސެޕް ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި އެވެ.

އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މޭޔަރާއި އެސްޖީ އަދި ކައުންސިލް މެމްބަރުންނެވެ. އެމަނިކުފާނުގެ މިދަތުފުޅުގައި އަނބިކަނބަލުންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ތިން ދުވަހުގެ ރަސްމީ މިދަތުރުގައި ސިޓީ ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި އެމްއާރުސީ އަދި ޖަމިއްޔާތަކާ ބައްދަލުކުރައްވާނެ އެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ދަރިމައިވުމާ ބެހޭ ޔުނިޓަށް ވަޑައިގެން އެތަން ބަލައްވާލައްވާނެ އެވެ. ޑޭވިޑްގެ މިދަތުރުފުޅުގައި ގުދުރަތީ ރީތިކަން ލިބިފައިވާ މަށިކުޅިއަށް ޒިޔާރާތްކުރަން ހަމަޖެހިފައިވާއިރު ސަގާފީ ބައެއް ތަންތަނަށްވެސް ޒިޔާރާތްކުރާނެ އެވެ.
އަދި މިދަތުރުފުޅުގެ ތެރެއިން ހއ އުތީމުގައި ހުންނަ އުތީމު ގަނޑުވަރަށްވެސް ޒިޔާރާތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ ދެ އަހަރުތެރޭގައިވެސް ކުޅުދުއްފުއްޓަށް ބޭރުގެ ގިނަ ސަފީރުންތަކެއް ޒިޔާރާތްކުރެއްވި އެވެ. އެގޮތުން އިނގިރޭސި ސަފީރާއި އިންޑިޔާ އާއި ބަގްލަދޭޝް އާއި ޕާކިސްތާނު ސަފީރުންގެ އިތުރުން އދ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރުވެސް ވަޑައިގެންނެވި އެވެ. އަދި ކެނެޑާ ހައިކޮމިޝަންގެ އިސްވެރިންތަކެއްވެސް ޒިޔާރާތްކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355