twitterviber whatsapp telegramfacebookyoutube instagram
18th August 2025

އިންޒާރު ދިނުމުން ކުމުންދޫ ކައުންސިލްގެ ފުޓްސަލް މުބާރާތް ކެންސަލްކޮށްފި

އަބްދުލް ވާހިދު ޙަސަން
Oct 26, 2023
1

ހދ ކުމުންދޫ ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު ކުރިއަށްގެންގޮސްފިނަމަ އެ އިދާރާއަށް ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރު ދިނުމުން، ފުޓްސަލް މުބާރާތް މިއަދު ކެންސަލްކޮށްފި އެވެ.

މުޅި ރަށަށް ހުޅުވާލައިގެން މިމަހުގެ 15 ވަނަ ދުވަހު ފެށި މުބާރާތުގައި 10 ޓީމަކުން ވާދަކުރި ކަމަށެވެ.

މައްސަލަ ޖެހުނީ މުބާރާތުގެ ފައިނަލް މެޗް މިދިޔަ ހޯމަ ދުވަހު ކުޅުނުއިރު ރެފްރީންގެ ނިންމުންތަކާ މެދު ޓީމުތަކުގެ ހިތްހަމަނުޖެހުންތަކެއް ހުރެގެންނެވެ. އެހެންވުމުން މެޗް މެދުކަނޑާލުމަށްފަހު، ކައުންސިލުން ނިންމާފައި އޮތީ ފުޓްސަލް ޗެލެންޖުން މޮޅުވާ ޓީމެއް ހޮވަން މިއަދު ފައިނަލް މެޗު ބާއްވާ ގޮތަށެވެ.

ނަމަވެސް އެ މުބާރާތުގެ ފައިނަލްގައި ކުޅޭ ދެ ޓީމުގެ ތެރެއިން ޓީމެއްގެ ބަޔަކު ކައުންސިލްގެ އިދާރާއަށް މިއަދު ގޮސް ވަނީ އިންޒާރުދީފަ އެވެ.

"މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކޮށްފިނަމަ ކުމުންދޫ ކައުންސިލް އިދާރާ އަށާއި މުވަޒަފުންނަށް ގެންލުން ތަކެއްލިބި މާރާމާރީ ހިންގާނެކަމުގެ އިންޒާރު މިއަދު ވަނީ ކުމުންދޫ ކައުންސިލް އިދާރާއަށް ބަޔަކު އައިސް ދީފައެވެ." ކައުންސިލް ޕޭޖްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

ކައުންސިލުން ބުނީ، އެހެންވުމުން އިތުރަށް ރަށުގެ މަސްލަހަތު ގެއްލުވާލަން ފުރުސަތުދިނުމަށް ކައުންސިލުން ބޭނުންނުވާތީ އެ މުބާރާތް އިތުރަށް ކުރިއަށްނުގެންދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355