twitterviber whatsapp telegramfacebookyoutube instagram
8th May 2024

ޑިސްޕެންސިން ކޯޑު ނެތި އާސަންދައިން ބޭސް ނުނެގޭ ގޮތް ހަދަނީ

Oct 28, 2023

އާސަންދައިގެ ދަށުން ދޫކުރާ ބޭސް ސިޓީއަށް ބޭސް ނަގަން ނުދަނީސް ބިލް ކުރުން ހުއްޓުވުމަށް ޓަކައި، ބޭސް ނަގަންދާ މީހާގެ ފޯނަށް ޑިސްޕެންސިން ކޯޑެއް ދާގޮތަށް އާސަންދައިން ހަމަޖައްސައިފިއެވެ.

އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު އާޝިޔާ ސޯލިހު އިއްޔެ ބައެއް އޮންލައިން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބޭސް ނަގަން ދާ މީހާގެ އައިޑީކާޑު ނަމްބަރާއި ފޯނު ނަމްބަރުގެ ތަފްސީލު ހޯދައި، ޑިސްޕެންސިން ކޯޑު ދިނުމުން ނޫނީ ޓްރާންސެކްޝަން ފުރިހަމަ ނުވާ ގޮތަށް ނިންމީ އާއްމުންގެ ފަރާތުން ލިބުނު ޝަކުވާތަކަކާ ގުޅިގެން ކަމަށެވެ.

ކްލިނިކަށް ދެއްކުމުން، އެ ކްލިނިކްގެ ތެރޭގައި ހިންގާ ކްލިނިކްގެ ބޭސް ފިހާރައިން ބޭސް ނުނަގައި، އެހެން ފާމަސީއަކުން ބޭސް ނަގަން ދާއިރު، ކްލިނިކްގެ ފާމަސީން ބޭސް ނެގި ކަމަށް ދައްކާކަމުގެ ކަންބޮޑުވުންތަކެއް ލިބިފައިވާ ކަމަށް އާޝިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އުސޫލުން އަމަލު ކުރާނީ އަދި މާލޭގެ ބައެއް ފާމަސީތަކުގައި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ހުރިހާ ފާމަސީއެއްގައި މި އުސޫލު ތަންފީޒުކުރަން ފަށާނެ ކަމަށް އާޝިޔާ ވިދާޅުވިއެވެ.

އާސަންދައިގެ ދަށުން ބޭސް ނެގުމަށް ކުރިން ބޭނުންކުރަނީ ހަމައެކަނި ޑޮކްޓަރު ދޭ ބޭސް ސިޓީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355