twitterviber whatsapp telegramfacebookyoutube instagram
11th November 2026

ޖަލާލުއްދީން ސްކޫލް ޓްރޭޑް ފެއާ ޑިސެމްބަރުގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Oct 30, 2023

ޖަލާލުއްދީން ސްކޫލްގެ ޕީޓީއޭއިން އިސްނަގައިގެން ކުރިއަށްގެންދާ ޓްރޭޑް ފެއާގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ. މިއަހަރުގެ ވެސް ފެއާ އޮންނާނީ ޑިސެމްބަރު މަހު ކަމަށެވެ.

ޑިސެމްބަރު 14 ން 16 ގެ ނިޔަލަށް ޖަލާލުއްދީން ސްކޫލްގައި ކުރިއަށްދާ ޓްރޭޑް ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ނޮވެމްބަރު މަހު 08 ވަނަ ދުވަހުގެ ކުރިން 6528859 / 9939405 ނަންބަރު ފޯނަށް ގުޅާ ނަން ނޯޓް ކުރުމަށް އެ ސްކޫލުން ވަނީ އެދެފަ އެވެ.

ކުލާސް ރޫމްތައް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  • އިމާރާތުގެ ތިރީބައިން ރޫމެއް -/2500 ރުފިޔާއަށް (ތިރީ ބުރީގެ ރޫމް ދޫކުރުމަށް ހަމަޖެހިފައިވަނީ ނަން ނޯޓް ކުރާ ފަރާތްތަކުގެ ތަރުތީބުން)
  • އިމާރާތުގެ މަތީބައިން ރޫމެއް -/2000 ރުފިޔާއަށް
  • ހޯލް ދޫކުރުމަށް ހަމަޖެހިފައިވަނީ -/10000 ރުފިޔާއަށްވުރެ މަތިން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް
  • ކެންޓީން ދޫކުރަން ހަމަޖެހިފައިވަނީ -/5000 ރުފިޔާއަށްވުރެ މަތިން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް

ޖަލާލުއްދީން ސްކޫލް ޕީޓީއޭއިން އިންތިޒާމްކޮށްގެން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބޮޑު ބަންދާ ދިމާކޮށް ބާއްވާ ވިޔަފާރިވެރިންގެ މިފެއަރ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފެއަރ އެކެވެ.

ގިނަ އަދަދެއްގެ މުދާ އެތަންނަކުން ހެޔޮ އަގުގައި ލިބެންހުންނަ މިފެއަރ އަކީ ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ޓްރޭޑްފެއަރ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293