twitterviber whatsapp telegramfacebookyoutube instagram
14th July 2026

ތިލަދެކުނު ވޮލީބޯޅަ މުބާރާތް މި އަހަރު ވައިކަރަދޫގައި

Oct 30, 2023

ހދ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ހދ އަތޮޅުގެ ކުލަބު، ޖަމިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ހދ ވައިކަރަދޫގައި ބާއްވަން ހަމަޖެހިއްޖެ އެވެ.

އެ ކައުންސިލުން ބުނީ، މުބާރާތް އިންތިޒާމްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ބިޑު ހުށައެޅި 3 ފަރާތުގެ ތެރެއިން ބިޑު ކާމިޔާބުކޮށް މި މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ލިބިފައިވަނީ ވައިކަރަދޫ އިންސްޕިރޭޝަން ފޯ ޔޫތު އެމްޕަވަރމެންޓް އެންޑް ސްޕޯރޓްސް (ވިޔެސް) އަށްކަމަށެވެ.

މި މުބާރާތް ކުރިއަށްގެންދަނީ އަންހެން އަދި ފިރިހެން ޑިވިޒަން ހިމެނޭ ގޮތަށެވެ. ކޮންމެ ޑިވިޒަންއެއްގެ ޗެމްޕިއަންޓީމަށް -/35000 އަދި ރަނަރަޕް ޓީމަށް -/15000 ގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ މުބާރާތުގައި ފިރިހެން ޑިވިޒަންގައި 4 ޓީމު އަދި އަންހެން ޑިވިޒަންގައި5 ޓީމު ބައިވެރިވެފައިވާކަމަށް އަތޮޅު ކައުންސިލުން މައުލޫމާތުދެ އެވެ. ފިރިހެން ޑިވިޒަންގެ ޓީމްތަކަކީ ، ޓީމް ހަނިމާދޫ، ވައިކަރަދޫ ވިޔެސް ވޮލީ ޓީމް، ކުޅުދުއްފުށި ކުލަބް ކޮރަލްސްގެ އިތުރުން ޓީމް ނައިވާދޫއެވެ.

އަންހެން ޑިވިޒަންގައި ހިމެނެނީ ނޮޅިވަރަންފަރު ލައިކަން، ޓީމު ހަނިމާދޫ، ނޭކުރެންދޫ ވިމެންސް ވޮލީ ޓީމް އަދި ވައިކަރަދޫ ޓީމް ވިޔެސް އާއި ކުޅުދުއްފުށި ހިރަފުސް ސްޕޯޓްސް ކުލަބެވެ.

މި މުބާރާތް ފެށުމަށް ތާވަލްކޮށްފައިވަނީ ނޮވެމްބަރު ތިންވަނަ ދުވަހު އެވެ. މުބާރާތް ކުރިއަށްދާނީ ވައިކަރަދޫ ވޮލީކޯޓްގަ ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355